އަވަށްޓެރި އިންޑިއާގެ ޓްރިވެންޑްރަމްގައި ރާއްޖެއިން ގާއިމް ކޮށްފައިވާ ކޮންސިއުލޭޓްގެ ކޮންސުލްގެ މަގާމުގައި ހުންނެވި އަލީ އާދަމް، ފޮރިންމިނިސްޓްރީ އަށް ބަދަލު ކޮށްފި އެވެ.
މި ބަދަލު ގެނައިކަން އެނގެނީ އަލީ އދަމް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަކުންނެވެ.
އެ ޕޯސްޓްގައި އަލީ އާދަމް ވިދާޅުވެފައިވަނީ މި މަހުގެ 12 އިން ފެށިގެން ކޮންސުލްގެ މަގާމުން ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފައިވާކަމަށެވެ.
އަލީ އާދަމް ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފައި މިވަނީ ކޮން ސަބަބަކާ ހުރެކަން ސާފުވާގޮތް ވަނީ ނުވެފަ އެވެ. އަލީ ޓްރިވެންޑްރަމްގެ ކޮންސުލްގެ މަގާމު އަދާކުރައްވަން ފެއްޓެވީ 2014 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް