ހެއަރ ކްރީމް ދަޅެއްގައި ބިލެތްދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފ.ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފ. ބިލެތްދޫއިން ހައްޔަރުކޮށްފިއެވެ. ފުލުހުން ބު...

30 Jan 2018 | 07:35

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފ.ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފ. ބިލެތްދޫއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

"އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ފ.އަތޮޅުގެ ރަށްތަކަށް ދަތުރުކުރާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުގެ 15:45 ހާއިރު ބިލެތްދޫ ބަނދަރުމަތިން" ފުލުހުން ބުނެފައި ވެ އެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހުއްޓުވައި ހަށިގަނޑާއި ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު  އޭނާގެ އަތުގައި އޮތް ކޮތަޅަކުން ފެނުނު ހެއަރކްރީމް ދަޅެއްގެ ފުލުގައި ޓޭޕްއަޅާ ފޮރުވާފައިވަނިކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 6 ރަބަރު ޕެކެޓް ފެނިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް