ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ކުރަން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ނިންމައިފި އެވެ.
ޑީއާރުޕީން މިކަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ ޕީޕީއެމްގެ ރުލާމު 2 ޖަގަހައިގާ ރޭ ބޭއްވި ޖަލްސާގައި އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ތާއީދު ކުރަން އެ ޕާޓީން ނިންމީ އިއްޔެ ބޭއްވި އެ ޕާޓީގެ 158 ވަނަ ކައުންސިލްގެ ޖަލްސާގައި އެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމުގައި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ނިންމީ ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓެއް ނެރުމާއިމެދު މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. ނިންމީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމުގައި ކަނޑައެޅުމަށް ކަމުގައިވެސް ކާނަލް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ޑީއާރުޕީން ރައީސް ޔާމީނަށް ތާއީދު ކުރަން ނިންމާފައިވާއިރު އެ ޕާޓީގެ ވަގުތީ ލީޑަރު، ކާނަލް ނަޝީދަކީ ތައިލެންޑުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް