މައްކާގައި އުމްރާވެރިންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް، އެހެން ބަހެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޕާކިސްތާނުގެ ރައްޔިތަކު ނިޔާވެއްޖެ އެވެ.
މައްކާގެ އަލް ޖުމޮން މަގުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި އެވެ. އެކްސިޑެންޓްވި ބަހުގައި 24 އުމްރާވެރިން ތިބި އިރު ނިޔާވެފައިވަނީ އުމުރުން 50 އަހަރުގެ އަންހެން އުމްރާވެރިއެކެވެ. އެ ބަހުގައި ގިނައިންތިބީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމުގައި ރިޕޯޓް ކޮށްފައި ވެ އެވެ.
މި ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން 10 މީހަކަށް މައްކާގެ ހިރާ ޕަބްލިކް ހޮސްޕޓަލުގައި ފަރުވާ ދީފައިވާއިރއަށް މީހަކަށް ފަރުވާ ދީފައިވަނީ ކިންގް އަބްދުލްއަޒީޒް ހޮސްޕިޓަލުގައި އެވެ.
މި ހާދިސާގައި ނިޔާވި އުމުރުން ދުވަސްވީމީހާގެ ފިރިހެން ދަރި މުހައްމަދު ނޫމާން ބުނެފައިވަނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިގެން ކަމަށެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ސައުދީ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް