އެންމެ ބޮޑު ރަން އަނގޮޓި އާންމުންނަށް ފެންނާނޭހެން ޝާރްޖާގައި

ދުނިޔޭގެ އެންމެ ބޮޑު، އަދި އެންމެ އަގުބޮޑު ރަން އަނގޮޓި، އެކުވެރި އަރަބި އިމާރާތުގެ ޝާރްޖާގައި ޑިސްޕްލޭ ކޮށްފި އެވެ. "ނަޖްމަތު ތައިބާ" ގެ ނަން ދީފައިވާ މި އަނގޮޓި ޑިސްޕްލޭ ކޮށްފައިވަނީ ޝާރްޖާގެ ސަހްރާ...

30 Jan 2018 | 06:12

ދުނިޔޭގެ އެންމެ ބޮޑު، އަދި އެންމެ އަގުބޮޑު ރަން އަނގޮޓި، އެކުވެރި އަރަބި އިމާރާތުގެ ޝާރްޖާގައި ޑިސްޕްލޭ ކޮށްފި އެވެ.

"ނަޖްމަތު ތައިބާ" ގެ ނަން ދީފައިވާ މި އަނގޮޓި ޑިސްޕްލޭ ކޮށްފައިވަނީ ޝާރްޖާގެ ސަހްރާ ސެންޓަރުގެ ލޮބީގައި އެވެ.

މި އަނގޮޓިއަކީ އެންމެ ބޮޑު ރަން އަނގޮޓީގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑްސް އިން ބަލައިގެންފައިވާއިރު މި އަނގޮޓިއަކީ 21 ކެރެޓުގެ ރަން ހިމެނޭ އަނގޮޓި އެކެވެ.

މި އަނގޮޓި ހެދުމަށް 55 މީހުން 45 ދުވަހު މަސައްކަތް ކޮށްފައިވާއިރު މި އަނގޮޓީގެ ބަރުދަނަކީ 60 ކިލޯ އެވެ. އަގު ތިން މިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް