ގިނަ ގައުމުތަކަކުން ރެފިއުޖީން ބަލައި ނުގަންނާނެ ކަމަށް އެމެރިކާގެ ސަރުކާރުން ކުރިން ނިންމި ނިންމުން ބަދަލުކޮށް އޭގެ ތެރެއިން 11 ގައުމަކުން ރެފިއުޖީން ބަލައިގަންނަން އެ ގައުމުން ނިންމައިފި އެވެ.
ބައެއް ގައުމުތަކުން ރެފިއުޖީން ބަލައި ނުގަންނަން އެމެރިކާއިން ނިންމީ ޑޮނާލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވުމަށް ފަހުގައި އެވެ. ގައުމަށް ނުރައްކާ ވެދާނެ ކަމަށް ބުނެ އެވެ.
އެއީ ކޮން 11 ގައުމެއްކަން ވައިޓް ހައުސް އިން ބުނެފައިނުވި ނަމަވެސް އެ 11 ގައުމުގެ ތެރޭގައި މުސްލިމް ގައުމުތައް ގިނަވާނެ ކަމާއި އުތުރު ކޮރެއާ ހިމެނޭނެ ކަމަށް މުރާސިލުން ބުނެ އެވެ.
11 ގައުމަކުން ރެފިއުޖީން ބަލައިގަންނަށް ނިންމި ނަމަވެސް އެ 11 ގައުމުގެ ރެފިއުޖީން އެތެރެވުމަށް އޮންނަ "ޕްރޮސެސް" ވަރުގަދަ ވާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައި އެވެ.
އެމެރިކާގެ އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފައިވާގޮތުގައި މި އަހަރު އެ ގައުމުން ރެފިއުޖީންގެ ގޮތުގައި 45 ހާސް މީހުން ބަލައިގަންނާނެ އެވެ. ބަލައިގަންނާނީ ސެޕްޓެމްބަރު މަހުގެ 31 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް