މާރާމާރީ އާއި ފޭރުން ގިނަވުމުން ހޯމް މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ޖާބިރު ގޮވާލައްވައިފި

މާރާމާރީ އާއި ފޭރުން ގިނަވުމުން ހޯމް މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ. ޖާބިރު ވިދާޅުވީ ރާއްޖޭގައި ފޭރުމާއި މާރާމާރީ ގިނަވެފައިވާ ކަމަށާއި ރައ...

29 Dec 2019 | 18:16

މާރާމާރީ އާއި ފޭރުން ގިނަވުމުން ހޯމް މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގައި ފޭރުމާއި މާރާމާރީ ގިނަވެފައިވާ ކަމަށާއި ރައްޔިތުންގެ އަމާންކަން ޔަގީންކޮށް ދެއްވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފެއިލްވެވަޑައިގެންފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓުންވެސް މިހާރު ތިބެނީ ބިރުވެރި ހާލަތެއްގައި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވެފައިވާ އިރު، މި ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައިވަނީ އޭނާ އޭނާ މަރާލަން ނޫން ކަމަށާއި މަސައްކަތް ކުރީ ފޭރެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހުކުރު ދުވަހުގެ ރޭ ދަންވަރު މީހެއްގެ އަތުން ފޭރެން އުޅެ، އެމީހާގެ އަތަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލާފައިވާ އިރު، ރޭވެސް ވަނީ ހުޅުމާލޭގައި ބޭރުމީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް