ކައުންސިލުތައް މެދުވެރިކޮށް ޕާސްޕޯޓު ހަދަން ހުށަހެޅުމުގެ ހިދުމަތް ތައާރަފްކޮށްފި

ކައުންސިލުތައް މެދުވެރިކޮށް ޕާސްޕޯޓު ހަދަން ހުށަހެޅުމުގެ ޚިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން ތައާރަފްކޮށްފިއެވެ. " ރަށުން"ގެ ނަމުގައިި މިއަދު ފެށި ޚިދުމަތަކީ ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް ފުރަތ...

29 Dec 2019 | 17:53

ކައުންސިލުތައް މެދުވެރިކޮށް ޕާސްޕޯޓު ހަދަން ހުށަހެޅުމުގެ ޚިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން ތައާރަފްކޮށްފިއެވެ.

" ރަށުން"ގެ ނަމުގައިި މިއަދު ފެށި ޚިދުމަތަކީ ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް ފުރަތަމަ ތަޢާރަފްކުރީ ތ. އަތޮޅުގައެވެ.

ރާއްްޖޭގެ އެކި ރަށްތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް މި ޚިދުމަތް ފެށުމުން ވޭމަންޑޫ ކައުންސިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދި އެކައުންސިލަށް ހުށަހެޅުމުުން، ލިޔެކިއުންތައް ފުރިހަމަ ނަމަ 48 ގަޑި އިރުގެ ތެރޭފައި ޕާސްޕޯޓް ނިމޭނެ ކަމަށެވެ. އަދި ހަދާ ޕާސްޕޯޓް އިމިގްރޭޝަންގެ އޮފީސްތައް ހުންނަ ކޮންމެ ރަށަކުންވެސް ނެގޭނެ ކަމަށެވެ.

މި ޚިދުމަތް ރާއްޖޭގެ އެކި އަތޮޅުތަކުގައި ފަށަން ނިންމާފައިވާ ކަމަށާއި ނަމަވެސް އެހެން ރަށްތަކަށް ތައާރަފް ކުރާނީ ކޮން އިރަކު ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް