ގދ. ފަރެސް މާތޮޑާގެ ދެ އަވަށުގެ ދެމެދުގައި ބޮޑު މާރާމާރީއެއް ހިނގައި ދެ މީހަކު ޒަހަމް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ ރޭގެ ވަގުތެއްގައެވެ.
އެ މާރާމާރީގައި ޒަހަމްވި ދެމީހުންނަށް ލިބުނީ ކިހާވަރެއްގެ އަނިޔާތަކެއް ކަން ސާފު ނުވިނަމަވެސް، އެދެމީހުންނަށް ވަނީ އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދީފައެވެ.
އެމައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ ރޭ އެކަމުގައި ޝާމިލުވި ދެމީހަކު ހައްޔަރު ކޮށްފައެވެ.
އެ މާރާމާރީ އާއި ގުޅޭ ގޮތުން އަދި ފުލުހުންގެ ފަރާތުން އެއްވެސް މައުލޫމާތެއް ނުލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް