މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލަތަކެއްގައި ކްރިމިނަލް ކޯޓުން ޕާސްޕޯޓް ހިފަހައްޓަން އަމުރު ކޮށްފައި ވަނިކޮށް ފުރުވާލި މައްސަލައެއް ބަލަން ޕްރޮސެކިއުޓާ ޖެނެރަލް އިން ނޭޝަނަލް އިންޓެގްރެޓޭޝަން ކޮމިޝަން ގައި އެދިއްޖެއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ކުރިމިނަލް ކޯޓުގައި އޮތް، މަސްތުވާތަކެތި އެތެރެ ކުރުމުގެ 2 މައްސަލައެއްގައި ހިމެނޭ ބަންގްލަދޭޝްގެ ދެމީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެ ދެމީހުން ފުރުވާލި މައްސަލަ ތަޙްޤީޤު ކޮށްދެއްވުން އެދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައިވާކަމަށެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މައްސަލާގައި ހުށަހަޅާފައި ވަނީ އެ ކަމުގައި އިހުމާލުވި މުއައްސަސާއެއްގެ މައްޗަށް ތަހުގީގެއް ހިންގައި ދިނުމަށް އެދިއެވެ.
މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ރާއްޖެއިން ޑީޕޯޓުކުރި ދެ ބިދޭސީންގެ މައްސަލާގައި އިމިގްރޭޝަންގެ އިސްވެރިން ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީއަށް ހާޒިރު ކުރުމަށް ވެސް ނިންމިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް