ތިލަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ މި ހާދިސާގައި ބިދޭސީއަކު ފިހިއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި މިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 1:45 ހާއިރުގައެވެ.
"މި ހާދިސާގައި ފިހުނު ބިދޭސީއަކު ފަރުވއަށް މާލެ ގެނެސްފައިވޭ" ފުލުހުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މި ހާދިސާގައި އެ ލޯންޗުގެ މަތި ވަނީ އަނދާފައި ކަމަށާއި ފަޅުގައި އޮތް އިތުރު އުޅަނދަކަށްވެސް އަލިފާނުގެ އަސަރު ކުރި ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ސިފައިންނާއި ފުލުހުން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލު ކުރެވިފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް