ބަނގުރަލާއި ބިޔަރު ދަޅާއެކު ކ. މާފުށިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ 19:20 ހާއިރު މާފުށި ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދަނިކޮށް ބަނދަރުމަތީ ހުރި ބިދޭސީއަކަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލާ ފާސްކުރި އިރު އޭނާ އަތުން ހަތް ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ.
ފުލުހުން ބުނީ އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު އެކި ބްރޭންޑުތަކުގެ 42 ފުޅި ބަނގުރަލާއި، 203 ދަޅު ބިޔަރު ފެނިފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ތަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް