މިއަހަރުގެ ޖެނުއަރީން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް ޖުމްލަ 831.3 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ނަގައިފިއެވެ.
މިއަހަރު ދިވެހިރާއްޖެއަށް ވަނީ ރިކޯޑު އަދަދަކަށް ފަތުރުވެރިން ވެސްް އައިސްފައެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ގްރީން ފަންޑު ރިޕޯޓުން ދައްކާ ގޮތުގައި ނޮވެމްބަރު މަހު އެކަނިވެސް ގްރީން ޓެކުހުގެ ގޮތުގައި 73.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ މަހު އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ ކ. އަތޮޅުންނެވެ. އެއީ ރިސޯޓުތަކުން 24.3 މިލިއަން ރުފިޔާ، ހޮޓެލްތަކުން 166،424 ރުފިޔާ އަދި ގެސްޓުހައުސްތަކުން 959،369 ރުފިޔާއެވެ.
ގްރީން ޓެކްސްގެ ގޮތުގައި 2016 އަހަރު ލިބިފައިވާ އާމްދަނީއަކީ 633.5 މިލިއަން ރުފިޔާއެެވެ. މި އަދަދު 2017 ވަނަ އަހަރު ވަނީ 693.8 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި މި ދިޔަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއަކީ 810.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް