ސަރުކާރަށް މާލޭގެ ކުލި ކޮންޓްރޯލް ނުކުރެވޭނެ: އަނދުން ހުސެއިން

މާލޭ ގެތަކުގެ ކުލި ކުޑަ ނުކުރެވޭނެ ކަމަށާއި ކުލި ކޮންޓްރޯލް ކުރުމަކީ ވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން...

29 Dec 2019 | 06:02

މާލޭ ގެތަކުގެ ކުލި ކުޑަ ނުކުރެވޭނެ ކަމަށާއި ކުލި ކޮންޓްރޯލް ކުރުމަކީ ވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގައި ވާހަކަފުޅު ދައްކަވަމުން އެބޭފުޅާ ވިދާޅުވީ، މަޖިލީހުން އިންކަމް ޓެކްސް ބިލު ފާސް ކުރުމާ ގުޅިގެން މާލޭގައި ގެދޮރުގެ ކުލިތައް އާދަޔާ ހިލާފަށް ބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި ކުލި ކުޑަވާން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.

ހުސެއިން ވިދާޅުވީ މާލޭގައި އުޅޭނެ ތަނެއް ނެތިގެން ކޮންމެ އަގެއްގައި ވެސް ކުއްޔަށް ހިފަން ޖެހޭ ވަރަށް ޗޮއިސް ނެތިގެން އުޅެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ހުސެއިން އިތުރަށް ވިދާޅުވީ މިހާތަނަށް އައި ކޮންމެ ސަރުކާރަކުން ބޯހިޔާވެހިކަން ފޯރުކޮށްދޭން ކަމަށް ބުނެ މާލޭ މީހުންނަށް ދޮގު ހަދަމުންދާ ކަމަށެވެ.

ކުލި ކޮންޓްރޯލް ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅެމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް