2020 ވަނަ އަހަރަށް މަރުހަބާ ކިޔާއިރު، މިފަހަރު ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުގެ ފަރާތުން ހަވާ ނާރުވާ ގޮތަށް ނިންމައިފިއެވެ.
ެޮއޮންލައިން ނޫހެއް ކަމަށްވާ "ސީއެންއެމް" އަށް މައުލޫމާތު ދެމުން ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ބުނީ، އާ އަހަރު ފާހަގަ ކުރުމަށް އެއްވެސް ސަރަހައްދެއްގައި ސަރުކާރުގެ ފަރާތުން ހަވާއަރުވަން ވިސްނާފައި ނެތް ކަމަށާއި ނަމަވެސް، ސަރުކާރުގެ ފަރާތުން ހަވާ ނޭރުވި ނަމަވެސް ރިސޯޓުތަކުން އަދި ބައެއް ރަށްތަކުގައި މިއަހަރުވެސް ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އާ އަހަރު ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ހާއްސަ ޝޯއެއް ބޭއްވުމަށް ނިންމާފައެވެ.
ކޮންމެ އަހަރަކުވެސް އާ އަހަރު ކުލަގަދަ ގޮތެއްގައި ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް