ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް 82 އަހަރު ފުރިވަޑައިގެންފިއެވެ.
އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް އުފަންވެ ވަޑައިގަތީ މީލާދީ ސަނަތުން 29 ޑިސެމްބަރ 1937 (ހިޖުރީ ސަނަތުން 26 ޝައްވާލް 1356) ވީ ބުދަ ދުވަހުގައެވެ.
މައުމޫން އަބްދުލް ޤައްޔޫމްގެ ބައްޕާ ފުޅަކީ އަބްދުލް ޤައްޔޫމް އިބްރާހިމް (މާފަތްގޭ ދޮންސީދި) އެވެ. އަދި މަންމާ ފުޅަކީ ޚަދީޖާ މޫސާ އެވެ.
ދިވެހިރާއްޖޭގެ ވެރިކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ 11 ނޮވެމްބަރ 1978 ގައި ރައީސް އިބްރާހިމް ނާސިރު އަށް ފަހު ގައެވެ. އެންމެ ފަހުން އެ މަނިކުފާނު ރައީސް ކަމަށް ހޮވިފައިވަނީ 2003ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ %90.02 އަޤްލަބިއްޔަތަކުންނެވެ. މިގޮތުން ރައއްޔިތުންގެ މެދުގައި ވޯޓު ނެގެނީ ކޮންމެ މީހުން ދިރިއުޅޭ ރަށެއްގައި އެމަނިކުފާނު ރައީސްކަމުގައި ދެމިހުރުމަށް ފެންނަ ނުވަތަ ނުފެންނަ ވޯޓަކުންނެވެ.
ނަމަވެސް 2008ގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބާ ކުރިމަތިވެވަޑައިގެން ރައީސް ކަން ގެއްލުނެވެ. ނަމަވެސް އެއަށްފަހުގައި އަދިވެސް އަންނަނީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުންނެވެ. އެންމެ ފަހުން ވެރިކަންކުރި ޕީޕީއެމްގެ ސަރުކާރަކީވެސް ރައީސް މައުމޫންގެ ވަރަށްބޮޑު ހިއްސާއެއް އޮވެގެން އެމަނިކުފާނުގެ ކުރީގެ ޕާޓީ ޕީޕީއެމްއިން ހޯދި ވެރިކަމެކެވެ. އަދި މިހާރު މި އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައިވެސް ރައީސް މައުމޫންގެ ދައުރު ބޮޑެވެ. ރައީސް މައުމޫނުގެ ފިކުރަކީ ރައީސް ސޯލިހް އެކުލަވާލާފައިވާ ކޯލީޝަން ސަރުކާރުގެ އެއް ފިކުރެވެ.
ރައީސް މައުމޫން އިސްވެ ހުންނަވައި އައު ސިޔާސީ ޕާޓީއެއް މިހާރު ވަނީ އުފައްދާފައެވެ. މޯލްޑިވްސް ރިފޯމް މޫވްމަންޓް ޕާޓީއަކީ ސަރުކާރުގެ ކޯލީޝަންގައި ހިމެނޭ ޕާޓީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް