އާއަހަރު ފާހަގަކުރާތީ ޑރ. އިޔާޒް ހިތާމަ ކުރައްވައިފި

އާއަހަރުގެ ޝޯ މާލޭގައި ބާއްވާތީ ދީނީ އިލްމުވެރިއާ ޑރ. މުހައްމަދު އިޔާޒް ހިތާމަ ކުރައްވައިފިއެވެ. އެކަމައި ގުޅިގެން ޑރ އިޔާޒް ވިދާޅުވީ ކުރީގެ ސަރުކާރުން މި ޝޯ ބާއްވާތީ ނާޗަރަންގީ ގެ އަމަލުތައް ހިންގާތީ...

29 Dec 2019 | 04:40

އާއަހަރުގެ ޝޯ މާލޭގައި ބާއްވާތީ ދީނީ އިލްމުވެރިއާ ޑރ. މުހައްމަދު އިޔާޒް ހިތާމަ ކުރައްވައިފިއެވެ.

އެކަމައި ގުޅިގެން ޑރ އިޔާޒް ވިދާޅުވީ ކުރީގެ ސަރުކާރުން މި ޝޯ ބާއްވާތީ ނާޗަރަންގީ ގެ އަމަލުތައް ހިންގާތީ އެކަމަށް އެންމެ ބޮޑަށް ފާޑުކީ ބަޔަކު މިއަދުގެ ސަރުކާރުގެ ހުންގާނުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހުގެ ރޭ 20:30 ގައި ޝޯ ފަށާނެކަމަށެވެ.

އެ ޝޯގައި ޕާފޯމް ކުރާ ފަންނާނުންގެ ތެރޭގައި، ޝަލަބީ، ޒާރާ، ޝިއުޒް އަދި ނަބާ ހިމެނޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް