ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަނޑައެޅޭ ވަކި ކުންފުނިތަކަކަށް ދޭން ފާސްކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަނޑައެޅޭ ވަކި ކުންފުނިތަކަކަށް ދިނުމަށް ސަރުކާރަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މިގޮތަށް ފާސްކުރީ މަޖިލީހުގެ ސަރުކާރު ޚިއްސާވާ ކުންފުނިތަ...

29 Nov 2021 | 18:22

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަނޑައެޅޭ ވަކި ކުންފުނިތަކަކަށް ދިނުމަށް ސަރުކާރަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިގޮތަށް ފާސްކުރީ މަޖިލީހުގެ ސަރުކާރު ޚިއްސާވާ ކުންފުނިތަކުގެ މަސްއޫލިއްޔަތު ބަލަން އޮންނަ އެސްއޯއީ ކޮމިޓީން ހުށަހެޅި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އަށް އެ ކުންފުނިން ކުރިޔަށް ގެންދާ 15 މަޝްރޫއުގެ ތެރެއިން ކުރިޔަށް ގެންދެވޭނީ ހަ މަޝްރޫއެއް ކަމަށްބުނެ ހުށަހަޅާފއިވާ މައްސަލަ ދިރާސާ ކުރުމަށް ފަހު

ތަޅުމަަށް ހުށަހެޅުމުންނެވެ.

މިގޮތަށް ފާސްކުރީ މަޖިލީހުގެ32 މެމްބރުންގެ ވޯޓުންނެވެ. މަޖިލީހުން މިއަދު ފާސްކުރީ ސަރުކާރު ކުންފުނިތަކަށް ސރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއު ނުހިންގޭނެ އެވެ.

މިހާތަނަށްް ސަރުކާރުގެ އެކި ކުންފުނިތަކަށް ހަވާލުކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ މެދު އަމަލު ކުރާނެ އުސޫލެއް ޕްލޭނިން މިނިސްޓްރީން އެކުލަވާލަން ވެސް ކޮމިޓީގެ ހުށަހެޅުމެއްގެ ގޮތުގައިވެއެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ފްލެޓްތައް ދޫކުރެވެން އަންނަނީ ފައިސާ ދައްކައިގެން ކަމަށްވާތީ ބޭންކް ލޯނެއް ނަގައިގެން ވެސް އެ ކަން ކުރެވޭ ވަރުގެ ގާބިލްކަމެއް މުވައްޒަފުންގެ ނެތުމުން، ވީހާވެސް ލުއި ގޮތެއް ހޯދައިދޭން ކުންފުނިތަކަށް އަންގަން ކޮމިޓީން ހުށަހަޅައެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ހިމެނޭ އިމާރާތެއްގެ މަސައްކަތް ނިމޭއިރު، އެ ތަނަކުން ލިބެން ޖެހޭ ހުރިހާ ޚިދުމަތެއް ހަމަޖެހިފައިވާ ކަން ޔަގީން ކުރަން ސަރުކާރުން ކަނޑައަޅާފައިވާ އޭގެ ކުންފުންޏަށް އަންގަން ވެސް ކޮމިޓީން ހުށަހަޅައެވެ.

މިހާރު ހުއްޓިފައިވާ ނުވަތަ ކުރިއަށް ނުދާ މަޝްރޫއުތަކުގެ ބިން އެ ކުންފުންޏަކުން އަތުލަން ވެސް ކޮމިޓީން ހުށަހަޅައެވެ. މި ގޮތުން އެޗްޑީސީއަށް ދެވިފައިވާ މަޝްރޫއުތަކުގެ ބިންތައް ވެސް އަނބުރާ ސަރުކާރަށް ހަވާލުކުރަން ކޮމިޓީން ހުށަހަޅައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް