ހުރިހާ ފަރުދުންގެ ޙައްޤުތައް ބަލައިގަތުމަކީ މިނިވަންކަމާއި، ޢަދުލު އިންޞާފާއި، ޞުލްޙަ ޤާއިމުކުރުމުގެ ބިންގާ: ޝާޙިދު

ހުރިހާ ފަރުދުންގެ ޙައްޤުތައް ބަލައިގަތުމަކީ މިނިވަންކަމާއި، ޢަދުލު އިންޞާފާއި، ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމުގެ ބިންގާކަމުގައި އދ.ގެ 76ވަނަ އާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ...

29 Nov 2021 | 15:27

ހުރިހާ ފަރުދުންގެ ޙައްޤުތައް ބަލައިގަތުމަކީ މިނިވަންކަމާއި، ޢަދުލު އިންޞާފާއި، ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމުގެ ބިންގާކަމުގައި އދ.ގެ 76ވަނަ އާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެލް.ޑީ.ސީ/ސިޑްސް ޓްރަސްޓް ފަންޑް ވަރކްޝޮޕް ފޮރ އޭޝިއާ ރީޖަންގައި އދ.ގެ 76 އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވައި ޝާހިދުވަނީ އެންމެންގެ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްހިތުމަކީ އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ދައުރުގައި އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރައްވާފައެވެ.

އަދި ހިއުމަން ރައިޓްސް ކައުންސިލްގެ ކުރިމަތީގައި ހުރިހާ އަޑުތަކެއް އިއްވައި، ހުރިހާ މެންބަރު ޤައުމުތަކަށް ތަމްސީލުކުރުމުގެ ހަމަހަމަ ފުރްޞަތު ތަކެއް ހޯދައިދިނުމަކީ ޒިންމާއެއްކަމުގައިކަންވެސް ޝާހިދު ފާހަގަކުރައްވާ، މިކަމުގެ ހެއްކަކީ އިންސާނީ ޙައްޤުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އެޗް.އާރު.ސީ.އިން ފާސްކޮށްފައިވާ މުހިންމު ދެ ޤަރާރެއް މިއަހަރުގެ ތެރޭގައި ފާސްވެގެން ދިޔަކަންކަމުގައި ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި މި ޤަރާރުތަކަކީ ކައުންސިލްގައި ހިމެނޭ އެލް.ޑީ.ސީ.އާއި، ސިޑްސްގެ ޤައުމުތަކުގެ އަޑުތަކުން މަންފާ ލިބުނު ޤަރާރުތަކެއްކަމާމެދު ޝައްކެއްނުކުރާކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް