އަމީތާބަކީ ވަރަށް ނުބައި ނުލަފާ މީހެއްގެ ގޮތުގައި ކަރީނާ ދެކުނު ދުވަހެއް ދިޔަ!

ބޮލީވުޑްގެ މެގަ ސްޓާ އަމީތާބު ބައްޗަން އަކީ ނުބައި ނުލަފާ މީހެއްގެ ގޮތުގައި ބަތަލާ ކަރީނާ ކަޕޫރު ގަބޫލު ކުރި ދުވަހެއް ދިޔަކަން ހާމަކޮށްފި އެވެ. އެދުވަހާއި ގުޅޭ ވާހަކަ ހާމަ ކުރީ އަމީތާބު އަމިއްލަ ބްލޮގ...

29 Nov 2021 | 15:25

ބޮލީވުޑްގެ މެގަ ސްޓާ އަމީތާބު ބައްޗަން އަކީ ނުބައި ނުލަފާ މީހެއްގެ ގޮތުގައި ބަތަލާ ކަރީނާ ކަޕޫރު ގަބޫލު ކުރި ދުވަހެއް ދިޔަކަން ހާމަކޮށްފި އެވެ.

އެދުވަހާއި ގުޅޭ ވާހަކަ ހާމަ ކުރީ އަމީތާބު އަމިއްލަ ބްލޮގް ގައެވެ. އަމީތާބަކީ އޭނާގެ ހަޔާތުގައި ދިމާވެފައި ހުރި ހަނދާނުން ފޮހެލަން ދަތި ހާދިސާތައް ހިއްސާ ކުރާ މީހެކެވެ.

އަމީތާބަކީ ނުބައި މީހެއްގެ ގޮތުގައި ސިފަކޮށް ގަބޫލު ކުރީ ކަރީނާގެ އުމުރުން އެންމެ ތިން އަހަރުގައި އެވެ. އަމީތާބު ބުނީ އެ ދުވަހަކީ 1983 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ޕުކާރު" ގެ ޝޫޓިން ތެރެއިން ކަމަށެެވެ.

އެ ފިލްމުގައި އަމީތާބާއި އެކު މަސައްކަތް ކުރީ ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރެވެ. ކަރީނާ ފިލްމު ސެޓަށް ދިޔައީ ބައްޕައާއި ބައްދަލު ކުރަން ކަމަށާއި އެތަނަށް ވަތް އިރު އޭނާއަށް ފެނުނީ އަމީތާބު ރަންދީރު ގައިގަ ޖަހާތަން ކަމަށެވެ.

އަމީތާބު ބުނީ އެ ދުވަހު ކަރީނާ ރޮމުން ހަޅޭއްލަވަމުން އައިސް ދެމީހުން ދުރުކޮށް އޭނާ ބައްޕަ، އަމީތާބު ކައިރިން ސަލާމަތް ކުރަން މަސައްކަތް ކުރި ކަމަށެވެ. އަދި ފިލްމު ޝޫޓިން ކުރިޔަށް ދިޔައީ އިންޑިއާގެ ގޯވާގައި ކަަމުން ކަރީނާ ބައްޕަ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ވެއްޓި ވެއްޔާއި ތަތްތެޅުނު ކަމަށް އަމީތާބު ބުންޏެވެ.

އަމީތާބު ބުނީ އޭނާ ފަހުން ކަރީނާ އުރާލައިގެން ފަޔާއި ތަންތަން ދޮއްވުމަށް ފަހު އެއީ ހަގީގަތުގައި އަނިޔާ ކުރަނީ ނޫން ކަމަށް ބުނެ ކަރީނާއަށް ގަބޫލު ކުރެވޭ ވަރު ކުރުމަށް އެތައް ވާހަކައެއް ދައްކަން ޖެހުނު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް