އުރީދޫ މޯލްޑިވްސް އިން ޔޫޓިއުބް އަދި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޑޭޓާ ޕެކްތަކެއް މިއަދު ތައާރަފްކޮށްފައެވެ.
އުރީދޫން މައުލޫމާތުދޭގޮތުގައި މި ޕެކޭޖުތަކަކީ އަވާލީ، ޑެއިލީ، ވީކްލީ އަދި މަންތްލީކޮށް ނެގޭގޮތަށް ތައާރަފު ކުރި ޕެކޭޖުތަކެކެވެ. މި ޑޭޓާ ޕެކްތަކަކީ 10 ރުފިޔާއިން ފެށިގެން 250 ރުފިޔާ އާއި ހަމައަށް ބޮޑެތި ޑޭޓާ އެލަވަންސް ހިމެނޭ ޕެކްތަކެކެވެ.
އެގޮތުން ދެ އެޕްލިކޭޝަނަށް 10 ރުފިޔާއަށް ގަޑިއިރަކަށް ދެ ޖީބީ، 20 ރުފިޔާއަށް ދުވާލަކަށް 20 ޖީބީ ލިބެ އެވެ. އަދި ހަތް ދުވަހަށް 100 ރުފިޔާއަށް 50 ޖީބީ ލިބޭއިރު ޔޫޓިއުބާއި ޓިކްޓޮކަށް ހާއްސަ ޕެކޭޖުތަކުން 250 ރުފިޔާއަށް މަސް ދުވަހު ބޭނުން ކުރަން 100 ޖީބީ ލިބެ އެވެ.
ޓިކްޓޮކް އާއި ޔޫޓިއުބު އަކީ ގިނަ ބަޔަކު ބޭނުންކުރާ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމްތަކެއް ކަމުން، މި ޑޭޓާ ޕެކްތަކަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު، މެދުކެނޑުމެއްނެތި ކޮންމެ ވަގުތަކު ވެސް ޓިކްޓޮކް އަދި ޔޫޓިއުބް ކޮންޓެންޓް ހެޔޮ އަގުގައި ބަލާލުމަށް މަގުފަހިކޮށްދޭ ޑޭޓާ ޕެކްތަކަކަކަށް ވާނެ ކަމަށް އުރީދޫން ބުނެ އެވެ.
އަލަށް ތައާރަފްކުރި ޑޭޓާ ޕެކްގެ އިތުރުން، އުރީދޫ ފްލިކްސް ޕެކް ނަގާ ފަރާތްތަކަށް ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސޮނީލިވް އަދި މީޑިއާނެޓް އެމްއެސް އެޕް ގެ ކޮންޓެންޓް ބެލޭނެ އެވެ.
އަލަށް ތައާރަފުކުރި ހުރިހާ ޓިކްޓޮކް އަދި ޔޫޓިއުބް ޑޭޓާ ޕެކްތަކާ ބެހޭ އިތުރު މައުލޫމާތު http://ore.do/streaming އަދި http://ore.do/app އިން ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް