މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ ދޮންނަ ތަނަކީ ފުލުހުންގެ އިދާރާ: ޔައުގޫބު

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ ދޮންނަ ތަނަކީ ފުލުހުންގެ އިދާރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދުވީ މިއަދު އޮތް ރައްޔ...

29 Nov 2021 | 13:17

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ ދޮންނަ ތަނަކީ ފުލުހުންގެ އިދާރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި "ޗޭންޖް އެންޑީއޭ"ގެ ނަމުގައި މަޖިލީހަށް ހުށަހެޅި ޕެޓިޝަން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

ޔައުގޫބު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ހިދުމަތް، ފުލުހުންގެ އިދާރާއަށް ހޯދަމުން ގެންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ހިދުމަތް ފުލުހުން ހޯދަމުން ގެންދަނީ، އެ ފަރާތްތަކުން އެކުށް ކުރާކަން އެނގިތިބެ ކަމަށާއި އެހީ ހިތާމަހުރިކަމެއް ކަމަށެވެ.

ޔައުގޫބު ވިދާޅުވީ އޭނާ ވަނީ އެފަދަ ބައެއް ކަންތައްތައް އެނގިގެން، ފުލުހުންނަށް ރިޕޯޓްކުރައްވާފައި ކަމަށެވެ. ޔައުގޫބު ވިދާޅުވީ ފުލުހުންގެ އިދާރާއިން އެ މަސައްކަތް ކުރަން ފެށިތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ.

ޔައުގޫބު ވިދާޅުވީ މިކަންކަމަށް ހައްލު ނުލިބި، އެއްފަޅިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ހައްޔަރުކުރެވި، އަނެއް ފަޅިން އެމީހުން އެކުރާ މަސައްކަތަށް ބާރުދެވޭ ޒާތުގެ ކަންކަން އެ މީހުންނާ އެކީ ކޮންމެވެސް ސިފައެއްގައި ކުރަންޏާ ހަގީގީ މާނައިގައި ބޭނުންވާ ހެޔޮ ބަދަލު ނާންނާނެކަމަށެވެ.

އެކަމަކު ފުލުހުންނާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވާފައެއް ނުވެ އެވެ.

ޔައުގޫބު ވިދާޅުވި ފަދައިން އާންމުންގެ ތެރެއިން ގިނަ ބައެއްގެ ތުހުމަތުވެސް މަސްތުވާތަކެތީގެ މައްސަލައިގަ ފުލުހުންނަށް އަމާޒުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް