ރަންގްނިކް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެއްޖެ

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަށް ޖަރުމަނަށް އުފަން އުމުރުން 64 އަހަރުގެ ރަލްފް ރަންގްނިކް ހަމަޖައްސައިފިއެވެ. ރަންގްނިކް ޔުނައިޓެޑުގެ ކޯޗުކަމަށް ހަމަޖެއްސިކަން ރަސްމީކޮށް މެންޗެސްޓާ ޔުނައިޓެޑުން މިއަ...

29 Nov 2021 | 13:03

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަށް ޖަރުމަނަށް އުފަން އުމުރުން 64 އަހަރުގެ ރަލްފް ރަންގްނިކް ހަމަޖައްސައިފިއެވެ.

ރަންގްނިކް ޔުނައިޓެޑުގެ ކޯޗުކަމަށް ހަމަޖެއްސިކަން ރަސްމީކޮށް މެންޗެސްޓާ ޔުނައިޓެޑުން މިއަދު އިޢުލާން ކޮށްފައިވާއިރު، އޭނާ ޔުނައިޓެޑާއި ހަވާލުވީ ހަމަސް ދުވުގެ އެއްބަސްވުމެއްގެ ދަށުން ވަގުތީ ގޮތުންނެވެ.

ރަންގްނިކް ޔުނައިޓެޑުގެ ކޯޗުކަމާއި ހަވާލުވިކަން ރަސްމީކޮށް އިޢުލާން ކުރުމަށް ފަހު ޔުނައިޓެޑުގެ ސްޕޯޓްސް ޑައިރެކްޓަރ ޖޯން މަޓޯފް ވިދާޅުވީ ރަންގްނިކް އަކީ ޔޫރަޕްގެ ފުޓްބޯޅައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ގިނަ ބައެއްގެ ޤަދަރާއި އިޙުތިރާމާއި ލޯބި ލިބިފައިވާ ލޯޗެއް ކަމަށާއި އަދި ރަންގްނިކް އަކީ ކުރިޔަށް އޮތް ތަނުގައި ޔުނައިޓެޑަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭނެ ފެންވަރުގެ ކޯޗެއް ކަމަށެވެ.

އަދި ކުލަބުގެ ކުޅުންތެރިންނާއި މެނޭޖްމަންޓު އޮތީ ރަންގްނިކް އާއި އެކު އިތުރު ހަރުފަތަކަށް ޔުނައިޓެޑް ގެންދިއުމަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ކަމަށް ވެސް މަޓޯފް ވިދާޅުވިއެވެ.

" ރަންގްނިކް އަކީ ގިނަ ބައެއްގެ އިޙުތިރާމް ލިބިގެންވާ މޮޅު ކޯޗެއް. އޭނާ އަކީ ޔުނައިޓެޑް އިތުރު ހަރުފަތަކަށް ގެންގޮސްދެވޭނެ   ފެންވަރުގެ ޤާބިލްކަމާއި ތަޖުރިބާ ހުރި ކޯޗެއް. ޔުނައިޓެޑުގެ ކުޅުންތެރިންނާއި މެނޭޖްމަންޓް އޮތީ ރަންގްނިކް އާއި އެކު ކުރިޔަށް ދިއުމަށް ތައްޔާރަށް." ޖީން މަޓޯފް ވިދާޅުވިއެވެ.

ހަމަހުގެ މުއްދަތަކަށް ޔުނައިޓެޑްގެ ވަގުތީ ކޯޗުކަމާއި ރަންގްނިކް ހަވާލުވިއިރު، ކުލަބުގެ އެޑްވަައިޒަރެއްގެ މަޤާމުގައި އޭނާ ދެއަހަރުގެ މުއްތަކަށް މަޑުކުރާނެ ކަމަށް ވެސް ޔުނައިޓެޑްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޔުނައިޓެޑްގެ ވަގުތީ ކޯޗުކަމާއި ހަވާލުވުމަށް ފަހު ރަންގްނިކް ބުނީ އޭނާ އަށް ޔުނައިޓެޑް ކަހަލަ މަތީ ފަންތީގެ ކުލަބަކަށް ކޯޗުކަން ކޮށްދިނުމުގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު ފަޙުރެއް ކަމަށާއި އަމާޒަކީ މި ސީޒަނުގެ ކުރިޔަށް އޮތް ތަނުގައި ޔުނައިޓެޑަށް ކާމިޔާބީ ގެނެސްދިނުން ކަމަށެވެެ.

އަަދި ކުލަބުގައި ވަރަށް ޒުވާން ހުނަރުވެރި ކުޅުންތެރިންތަކަކާއި ތަޖުރިބާގެ ގޮތުން ހުނަރުވެރި ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި އަމާޒަކީ މި ކުޅުންތެރިންނާއި އެކު ކާމިޔާބީ ހޯދުމުގައި ކުރިޔަށް ދިއުންކަމަށް ވެސް ރަންގްނިކް ބުންޏެވެ.

" ޔުނައިޓެޑް އާއި ހަވާލުވާން ފުރުސަތު ލިބުމުން ވަރަށް އުފާވޭ. އަމާޒަކީ ކުލަބުގައި މިހާރު ތިބި ކުޅުންތެރިންނާއި އެކު ކުރިޔަށް އޮތް ތަނުގައި ޔުނައިޓެޑަށް ކާމިޔާބީ ހޯދައިދިނުން." ރަންގްނިކް ބުނެފައިވެއެވެ.

މީގެ އިތުރުން ރަންގްނިލް ބުނީ ކުލަބުގައި މިހާރު އޮތް ސްކޮޑާއި އެކު ކާމިޔާބީ ހޯދިދާނެ ކަމަށާއި އެގޮތުން ކުރިޔަށް އޮތް ހަމަސް ދުވަހަކީ ވެސް އެކަށީގެންވާ ވަރުގެ ކުރިއެރުންތަކެއް ހޯދިދާނެ މުއްދަތެއް ކަމަށެވެ.

ރަންގްނިކް ޔުނައިޓެޑާ ހަވާލުވިޔަސް ޔުނައިޓެޑާއި އެކު އޭނާގެ ރަސްމީ މަސައްކަތް ފަށާނީ އޭނާގެ ވޯކް ޕާމިޓްގެ ކަންތައް ފައިނަލް ވުމުންނެވެ. ރަންގްނިކްގެ ވޯކް ޕާމިޓް ކަންތައް ހަމަ ޖެހެންދެން ޔުނައިޓެޑަށް އިރުޝާދު ދޭނީ މިވަގުވެސް އެ ކުލަބަށް އިރުޝާދު ދެމުން އަންނަ މައިކަލް ކެރިކްއެވެ.

ޔުނައިޓެޑްގެ ކޯޗުގެ މަގާމް ހުސްވީ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެ ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި އޮލެ ގަނަ ސޯލްޝެއާ މަގާމުން ވަކިކުރުމުންނެވެ.

ރަންގްނިކް އަކީ ފުޓްބޯޅައިގައި މާ ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކޯޗެއް ނޫންނެވެ. އަދި ޔޫރަޕްގެ ބޮޑު ކުލަބަކަށް ވެސް އޭނާ ކޯޗުކޮށްދީފައެއް ނުވެއެވެ. މިއީ ރަންގްނިކް ޔޫރަޕްގެ ބޮޑު ކުލަބަކާއި ހަވާލުވި ފުރަތަމަ ފަހަރެވެ.

ރަންގްނިކް ގެ ކޯޗިން ކެރިއަރަށް ބަލާއިރު، އޭނާ ވަނީ މީގެ ކުރިން 2001 ވަނަ އަހަރު ޝާލްކޭ އަށް ޖަރުމަނު ކަޕް ކާމިޔާބުކޮށްދީފައިވެއެވެ. އަދި ޝާލްކޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދިނުމުގެ އިތުރުން 2019 ވަނަ އަހަރު ޖަރުމަނު ކަޕްގެ ފައިނަލަޑް އާރުބީ ލައިޕްޒިގް ގެންގޮސްދީފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް