ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީންގެ ސަނަދުތަކުގެ ފެންވަރު ބެލުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ނިންމައިފިއެވެ.
އެމްކިޔުއޭއިން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ، ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބިދޭސީ މީހާއަށް ވަޒީފާދޭ ކުންފުނިން، ސަނަދުތަކުގެ ފެންވަރު ބެލުމަށް އެމްކިޔުއޭއަށް ހުށަހަޅަން ޖެހޭނެ ކަމުގައެވެ.
އެގޮތުން އެޓެސްޓް ނުކޮށް ހުށަހަޅާ އެއްވެސް ލިޔެކިޔުމެއް ގަބޫލު ނުކުރާނެ ކަމުގައި ހާމަކޮށްފައި ވެއެވެ. އަދި އިނގިރޭސި ބަސް ފިޔަވައި އެހެން ބަހަކުން ލިޔެފައިވާ ލިޔެކިޔުމެއް ހުށަހަޅާ ނަމަ، އެ ލިޔުކިޔުމެއް އޮންނަން ވާނީ އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްފައި ކަމުގައި ވެސް ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން، ހުށަހަޅާ ބިދޭސީންގެ ހުރިހާ ލިޔެކިޔުންތަކެއް ހުންނަންވާނީ އެ ޤައުމެއްގެ ފޮރިން މިނިސްޓްރީން އެޓެސްޓް ކޮށްފައި ކަމުގައި އެމްކިޔުއޭއިން ވިދާޅުވެއެވެ.
އެމްކިޔުއޭ އިން ވިދާޅުވީ ބިދޭސީންގެ ސަނަދު ފެންވަރު ބެލުމަށްޓަކައި ހުށަހަޅަންޖެހޭ ފޯމު އެމްކިޔުއޭގެ ވެބްސައިޓުގެ ޑައުންލޯޑްސް ބައިން އެކަމަށް އެދޭ ފޯމު "އެޕްލިކޭޝަން ފޯ ސެޓްފިކެޓް ރިކޮގްނިޝަން/ ވެލިޑޭޝަން "ފޯރ ފޮރިނާސް" ލިބެން ހުންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް