އިތުރު 20 އެމްބިއުލަންސް ގެނެސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފި

ރަށްރަށުގައި ބޭނުން ކުރުުމަށް އިތުރު 20 އެމްބިއުލަންސް ގެނެސް އެ އެމްބިއުލަންސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ. ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ އަތޮޅުތެރޭގައި ބޭނުންކުރުމަށް...

29 Nov 2021 | 12:18

ރަށްރަށުގައި ބޭނުން ކުރުުމަށް އިތުރު 20 އެމްބިއުލަންސް ގެނެސް އެ އެމްބިއުލަންސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެނެވިފައިވާ 20 އެމްބިއުލަންސްގެ ދެވަނަ ޝިޕްމަންޓް ކަސްަމަސްއިން މިއަދު ކްލިއަރކޮށް އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ކުރިއަށްގެންދާކަމަށެވެ.

https://twitter.com/MoHmv/status/1465288238323568642

އިތުރު 20 އެމްބިއުލަންސް ގެނެސްފައިވާއިރު މިދިޔަ މަހުގެ ތެރޭގައި 20 އެމްބިއުލަންސް ގެނެސް ރަށްރަށަށް ފޮނުވާފައިވެއެވެ. ޖުމްލަ 40 އެމްބިއުލަންސް މިހާތަނަށް ގެނެސްފައިވާއިރު ހަ މަސް ދުވަހުގެ ތެރޭގައި 96 އެމްބިއުލަންސް ގެނައުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް