ބާޒާރުމަތީ ސަރަހައްދުގައި ޕިކަޕްތައް ޕާކް ކުރުން ސިޓީ ކައުންސިލުން މަނާކޮށްފި

ވެރިރަށް މާލޭގެ ބޮޑުތަކުރުފާނު މަގުން ބާޒާރުމަތީގައި ޕިކަޕްތައް ޕާކް ކޮށްފައި ބޭއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ. މިކަން ހާމަކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއ...

29 Nov 2021 | 08:30

ވެރިރަށް މާލޭގެ ބޮޑުތަކުރުފާނު މަގުން ބާޒާރުމަތީގައި ޕިކަޕްތައް ޕާކް ކޮށްފައި ބޭއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.

މިކަން ހާމަކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އޮންލައިން ނޫހެއް ކަމުގައިވާ "މިހާރު" އަށް މިއަދު ދެއްވި އިންޓަވިއު އެއްގައެވެ.

މުއިއްޒު ވިދާޅުވީ އެ ބަދަލު ގެނައީ ބާޒާރުމަތީގެ ތޮށްޖެހުން ކުޑަކުރުމަށްޓަކައި ސިޓީ ކައުންސިލާއި ޕިކަޕް ޑްރައިވަރުންނާއި އެކު މަޝްވަރާކުރުމަށްފަހު ކަމަށެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ މި ބަދަލާއި އެކު މާލޭ ނޯތު ހާބަރުގެ މައި ގޭޓުން ފެށިގެން، ރޯ މަސް މާރުކޭޓާއި ހަމައަށް ޕިކަޕްތައް މިހާރު ޕާކް ނުކުރެވޭނެ ކަމުގަ އެވެ.

މިހާތަނަށް 60 އަށް ވުރެ ގިނަ ކުދި ޕިކަޕު އެ ސަރަހައްދުގައި ޕާކުކުރަމުން އަންނަކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ މި ބަދަލާއެކު އެ ސަރަހައްދުގައި ޕާކް ކުރަމުން އައި ޕިކަޕްތަކަށް މިހާރު ވާނީ އިންޑަސްޓްރިއަލް ވިލެޖުން ޖާގަ ހަމަޖައްސައިދީފައި ކަމުގައެވެ.

މީގެ އިތުރުން، ހަތަރު ފުރޮޅުލީ އުޅަނދުތައް ވަކި ވަގުތެއް ވަންދެން ބާޒާރު މަތީގައި މަޑުކޮށްގެން އޮވެވޭނެ ގޮތަށް ޖާގަތައް ހަދާފައި ވެއެވެ. އަދި ވަކި އަދަދަކަށް ސައިކަލް ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް