ރާއްޖެއިން ކޮވިޑު ބައްޔަށް ފަރުވާކުރަމުން ދިޔަ ދެ މީހުން މިއަދު ނިޔާވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ ރޭ ދަންވަރު 2 ޖެހި އިރު ނިޔާވެފައިވަނީ ޢުމުރުން 54 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އެއީ ނ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހެއް ކަމަށެވެ.
މީގެ އިތުރުން މިއަދު ހެނދުނު 10:42 ގައި ވެސް މީހަކު ނިޔާވެފައިވާ ކަަމަށް އެޗްޕީއޭ އިން ބުނެ އެެވެ. އެއީ 90 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ބުނެ އެވެ.
އެޗްޕީއޭ އިން ބުނީ މިއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ.
މިއާއެކު ކޮވިޑު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 250 އަށް ވަނީ އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް