މަޑިވަރު އެއާޕޯޓު ނިންމައި ހުޅުވަން މުއްދަތެއް ދީފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްގަނީ އަބްދުލްހަކީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ އެއާޕޯޓަކީ ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގްސްއިން ތަރައްގީ ކުރާ އެއާޕޯޓެކެވެ.
މިނިސްޓަރު ވިދާޅުވީ މަޑިވަރު އެއަޕޯޓު ހުޅުވުމަށް ވަގުތު ދީފައި ވާނީ މި އަހަރު ޑިސެމްބަރު 31ގެ ނިޔަލަށް ކަމަށެވެ. އިތުރު ތަފްސީލް ދެއްވާފައެއް ނުވެ އެވެ.
މި އެއާޕޯޓުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެއާޕޯޓު ތަރައްގީކޮށްފައިވަނީ 170 މިލިއަން ރުފިޔާ ހަރަދު ކޮށްގެންނެވެ.
މަޑިވަރު އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލު ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކު ވެސް ވަނީ ނިންމާފަ އެވެ. އަދި އެއާޕޯޓަށް ބޭނުންވާ ފަޔާ ލޮރީތައް ވެސް މިހާރު ވަނީ އެއާޕޯޓަށް ގެންގޮސްފައެވެ.
ކުރެއްދޫ ހޯލްޑިންސްއާ އެކު ސަރުކާރުން އެއާޕޯޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރީ 2018 ވަނަ އަހަރުގެ މެއި 29 ވަނަ ދުވަހުއެވެ. އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރީ ޗައިނާގެ ބީޔޫސީޖީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް