ރޭގެ މެޗުގެ ފުރަތަމަ އެގާރައިން ރޮނާލްޑޯއަށް ފުރުސަތު ނުދިން މައްސަލާގައި ކެރެގާ އާއި ކީން ދެބަސްވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީގުގެ އެއްވަނާގައި އޮތް ޗެލްސީ އާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރުސަތު ނުދިން މައްސަލާގައި  ޖެމީި ކެރެގާ އާއި ރޯއ...

29 Nov 2021 | 07:13

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީގުގެ އެއްވަނާގައި އޮތް ޗެލްސީ އާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރުސަތު ނުދިން މައްސަލާގައި  ޖެމީި ކެރެގާ އާއި ރޯއީ ކީންގެ މެޗުގައި ވަރުގަދަޒުވާބެއް ހިނގައިފިއެވެެ.

ރޭ ޗެލްސީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅެ 1-1 އިން އެއްވަރުވި މެޗަށް ފަހު ސްކައި ސްޕޯޓްސް ސްޓޫޑިއޯގައި މި ދެ ލެޖެންޑުންގެ މެދުގައި ޒުވާބެއް ހިނގީ ރޭގެ މެޗުގައި ރޮނާލްޑޯ އަށް ފުރަތަ އެގާރައިން ފުރުސަތު ނުދީ ބެންޗުގައި ބެހެއްޓި މައްސަލައާއި ގުޅޭގޮތުން ކުރި ބަހުސް ގައެވެ.

ސްކައި ސްޕޯޓްސް އިން ވަގުތުން ގެނެސްދެމުން ދިޔަ މި ޝޯގެ މައިގަނޑު މައުލޫއަކަށްވީ ނިމިގެން ދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އިޓަލީގެ ޔުވެންޓަސްއިން ޔުނައިޓެޑަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ޔުނައިޓެޑުން ހޯދީ ކީއްވެގެންތޯ އާއި ރޮނާލްޑޯ ޔުނައިޓެޑް ގައި މިހާތަނަށް ދައްކަމުން އަންނަ ކުޅުމާއި ބެހޭގޮތުންނެވެ.

މި ބަހުސްގައި ވާހަކަ ދައްކަމުން ކީން ބުނީ ރޮނާލްޑޯއަށް ރޭގެ މެޗުގައި ފުރަތަމަ އެގާރައިން ފުރުސަތު ނުދިންކަމަށް އެންމެ ބޮޑަށް ބެލެވެނީ އިދިކޮޅު ޓީމަށް ދޭ ޕްރެޝަރު ކުޑަވުމުން ކަމަށް ވެދާނެ ކަމަށެވެ. އަދި ރޮނާލްޑޯ އަކީ ގޯލާ ރައްޓެހި ކުޅުންތެރިއެއް ނަމަވެސް ރޮނާލްޑޯގެ ފަރާތުން އިދިކޮޅު ޓީމަށް ދެވޭ ޕްރެޝަރ ކުޑަކަމަށެވެ.

" ރޮނާލްޑޯ ލަނޑު ޖަހާ. އެއީ އޭނާ އަދިވެސް ކުރަމުން އަންނަ ކަމެއް. އެހެން ނަމަވެސް ރޮނާލްޑޯގެ ފަރާތުން އިދިކޮޅު ޓީމަށް ދޭ ޕްރެޝަރ ކުޑަ." ރޯއީ ކީން ބުންޏެވެ.

ކީންގެ މި ބުނުމަށް ރައްދު ދެމުން ކެރެގާ ބުނީ ރޮނާލްޑޯ ބެންޗުގައި ބަހައްޓައިގެން އެމަޤާމަށް ކުޅުވާ ފެންވަރުގެ އިތުރު ކުޅުންތެރިއަކު އަދި ޕްރެޝަރ ކުރެވޭ ވަރުގެ ކުޅުންތެރިއަކު ޔުނައިޓެޑްގައި ނެއް ކަމަށެވެ. އަދި ރޮނާލްޑޯ ޔުނައިޓެޑާއި ގުޅުނީ ބެންޗުގައި އިންނަށް ނޫން ކަމަށްވެސް ވެސް ކެރެގާ ބުންޏެވެ.

އިތުރަށް ކެރެގާ ބުނީ ރޭގެ މެޗުގައި ރޮނާލްޑޯގެ ބަދަލު ފުރަތަމަ އެގާރައިގައި ހިމެނުނު އެއްވެސް ކުޅުންތެރިއަކަށް އެއް ވެސް ޕްރެޝަރ އެއް މެޗުގައި ދެވިފައި ނުވާކަމަށެވެ.

ރަޝްފޯޑަށް އަމާޒުވާ ގޮތަށް ކެރެގާ ބުނީ ޗެލްސީއާއި ދެކޮޅަށް ރަޝްފޯޑަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށާއިި ނަމަވެސް ރޭގެ މެޗުގައި އެ މަޤާމުގައި ރޮނާލްޑޯ ހުރިނަމަ އެއަށްވުރެ ރަނގަޅުވީސް ކަމަށް އޭނާ ބުންޏެވެ.

" ޕްރެޝަރ ނުކުރެވޭތީ ރޮނާލްޑޯ ބެޗުގަ، ދެން ރަޝްފޯޑް ކީއްކުރީ ؟؟ އެއް ވެސް ޕްރެޝަރ އެއް ނުދެވުނުތާ ރަނގަޅު ކުޅުމެއްވެސް ނުދެއްކުނު، ކީން އަށް ރައްދު ދެމުން ކެރެގާ ބުންޏެވެ.

މީގެ އިތުރުން ލިވަޕޫލްގެ ތަރި ސަލާހު މިސާލަކަށް ނަގަމުން ކެރެގާ ބުނީ ސަލާހު އަކީ ގިނަ ލަނޑުތައް ޖަހާ ކުޅުންތެރިއެއް ކަމަށާއި ނަމަވެސް އެބުނާވަރުގެ ޕްރެޝަރ އެއް އިދިކޮޅު ޓީމަށް އޭނާގެ ފަރާތުން ނުދެވޭ ކަމަށެވެ. އެހެންކަމުން ލަނޑު ޖެހުމާއި ޕްރެޝަރ ކުރުމަކީ ތަފާތު ދެ ކަމެއް ކަމަށް ވެސް ކެރެގާ ބުންޏެވެ.

" ސަލާހު ވެސް ގިނަ ލަނޑުތަކެއް ކަޖަމުން އަންނަނީ. ކޮބާ ތިބުނާ ޕްރެޝަރ އެއް އޭނާއަށް ދެވޭތަ؟؟ އަހަރެންނަކަށް ނުފެނޭ ތިބުނާ ޕްރެޝަރއެއް ދެވޭތަނެއް." ކީން އަށް ކެރެގާ ބުންޏެވެ.

ކެރެގާއަށް ރައްދުދެމުން ކީން ބުނީ ރޮނާލްޑޯއާއި އެކު ޔުނައިޓެޑަށް އިތުރު ކާމިޔާބީއެއް ދެން ލިބޭނެ ކަމަށް ނުބެލެވޭ ކަމަށާއި އެހެން ކަމުން ޔުނައިޓެޑުން ރޮނާލްޑޯގެ ސޮއި ހޯދުމަކީ ހެދުނު ގޯހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް