އެޕޮއިންޓްމަންޓް އުސޫލުން ބޫސްޓަރ ޑޯޒް ޖަހަން ކިއޫ ނަމްބަރު ދޫކުރަން ފަށައިފި

އެޕޮއިންޓްމަންޓް އުސޫލުން ބޫސްޓަރ ޑޯޒް ޖަހަން ކިއޫ ނަމްބަރު ދޫކުރަން ފަށައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ވަކި އަދަދަކަށް އޮންލައިންކޮ...

29 Nov 2021 | 07:05

އެޕޮއިންޓްމަންޓް އުސޫލުން ބޫސްޓަރ ޑޯޒް ޖަހަން ކިއޫ ނަމްބަރު ދޫކުރަން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ވަކި އަދަދަކަށް އޮންލައިންކޮށް ކިއޫބީ މެދުވެރިކޮށް ނަންބަރުތައް ދޫކުރާނެ ކަމަށެވެ.

ބޫސްޓަރ ޑޯޒް ޖަހައިދޭނީ ހަމައެކަނި އެޕޮއިންޓްމަންޓް އުސޫލުން ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ނެވެ. މިގޮތުން ބޫސްޓަރ ޑޯޒް ޖަހައިދެމުން ދަނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައި ތިބި ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަސް ފުރިހަމަކުރި މީހުންނަށެވެ.

އެންމެ ފުރަތަމަ ބޫސްޓަރ ޑޯޒް ދޭން ފަށާފައިވަނީ ފްރަންޓް ލައިންގައި މަސައްކަތްކުރާ ސިއްހީ މުވައްޒަފުންނަށާއި 60 އަހަރުންމަތީގެ މީހުންނަށެވެ. އަދި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ.

އެހެންނަމަވެސް، އަންނަ މަހުން ފެށިގެން އާންމުންނަށް ބޫސްޓަރ ޑޯޒް ޖަހަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިހާތަނަށް ވެކްސިން ފުރިހަމަކުރި މީހުންގެ ތެރެއިން 9،558 މީހުން ވަނީ އިއްޔެގެ ނިޔަލަށް ބޫސްޓަރ ޑޯޒް ޖަހާފަ އެވެ.

ބޫސްޓަރ ޑޯޒްގެ ގޮތުގައި ރާއްޖޭން ޖަހަނީ ފައިޒާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް