ބޭންކްތަކުން އިމާރާތް ކުރުމުގެ ދާއިރާ އަށް ދޫކުރި ފައިސާގެ އަދަދު އިތުރުވެއްޖެ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިއަހަރުގެ ތިންވަނަ ކުއާޓާގެ، ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން ނިމިދިޔަ ކުއާޓަރާ އަޅާ ބަލާއިރު އިމާރާތް ކުރުމުގެ ދާއިރާއަށް މި ކުއާޓަރުގައި ބޭންކުތަކުން ދޫކުރި...

29 Nov 2021 | 05:57

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިއަހަރުގެ ތިންވަނަ ކުއާޓާގެ، ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން ނިމިދިޔަ ކުއާޓަރާ އަޅާ ބަލާއިރު އިމާރާތް ކުރުމުގެ ދާއިރާއަށް މި ކުއާޓަރުގައި ބޭންކުތަކުން ދޫކުރި ފައިސާގެ އަދަދު އިތުރުވެއްޖެއެވެ.

އެމްއެމްއޭއިން ބުނީ މި ކުއާޓަރުގައި ބޭންކުތަކުން އިމާރާތް ކުރުމުގެ ދާއިރާއަށް ދޫކުރި ފައިސާގެ އަދަދު ވަނީ ހަތް ޕަސެންޓު އިތުރު ވެފައެވެ.

އިމާރާތް ކުރުމުގެ ދާއިރާއަށް 339 މިލިއަން ރުފިޔާގެ ތަކެތި އެތެރެކޮށްފައިވާ ކަމުގައި އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އިމާރަތް ކުރުމުގެ ދާއިރާއަށް ކުރިއެރުން ލިބެން ފަށާފައި މިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ އިޤްތިޞާދު ބޮޑުތަނުން ހީނަރުވެގެން ދިޔުމާއިއެކު އިމާރަތް ކުރުމުގެ ދާއިރާވެސް ހީނަރުވެފައި އޮތުމަށްފަހު ރާއްޖޭގެ އިޤްތިޞާދު އަލުން އާރާސްތު ވާން ފެށުމާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް