ފެށޭ އަހަރުގެ ބަޖެޓު އޮފީސްތަކަށް ދޫކުރާނީ އެ އޮފީހެއްގެ ކޭޝް ފްލޯ ޕްލޭން ލިބިގެން: ފިނޭންސް

އަންނަ އަހަރުގެ ބަޖެޓު އޮފީސްތަކަށް ދޫކުރެވޭނީ އެ އޮފީހެއްގެ ކޭޝް ފްލޯ ޕްލޭން މިނިސްޓްރީއަށް ލިބިގެން ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ސޮއެ ކޮށް ނެރުއްވި ބަޖެޓް ސާކިއުލާ އެއްގައި ވިދާޅުވެއްޖެއެވެ....

29 Nov 2021 | 05:01

އަންނަ އަހަރުގެ ބަޖެޓު އޮފީސްތަކަށް ދޫކުރެވޭނީ އެ އޮފީހެއްގެ ކޭޝް ފްލޯ ޕްލޭން މިނިސްޓްރީއަށް ލިބިގެން ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ސޮއެ ކޮށް ނެރުއްވި ބަޖެޓް ސާކިއުލާ އެއްގައި ވިދާޅުވެއްޖެއެވެ.

އެގޮތުން ސަރުކާރުގެ ހުރިހާ އޮފީސްތަކުންވެސް  ބަޖެޓުގެ ކޭޝް ފްލޯ ޕްލޭން ތައްޔާރުކޮށް ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން އެދިފައި ވެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ދޫކުރާނީ މަހުން މަހަށް ކަމުގައި ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ވަނީ ބަޖެޓުގެ ޕްލޭން އެކުލަވާލުމުގައި އަަމަލު ކުރާނެ ގޮތުގެ ޕްލޭން އެއްވެސް ނެރެފައެވެ. މިގޮތުން ކޭޝް ފްލޯ ޕްލޭން ތައްޔާރު ކުރާއިރު ޚަރަދާއި އާމްދަނީ ހިމަނަން ޖެހޭނެ ކަމުގައި އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާ ފާސްކުރީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް