ބިރު ދައްކައިގެން 15 ކުދިން ރޭޕް ކުރި 18 އަަހަރުގެ ކުއްޖެއްގެ މައްސަލަ ބަލަނީ

ބިރު ދައްކައިގެން 15 ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމިވެއްޖެ އެވެ. މިކަން އާންމުންގެ ސަމާލު ކަމަށް ގެނައީ ސޯޝަލް މީޑިއާގައި ބަޔަކު ކުރި ޕޯސްޓުތަކެއްގައި އެވެ. މި މައްސަލައިގަ ރޭޕްގެ ތުހުމަތު ކުރަ...

28 Nov 2021 | 19:31

ބިރު ދައްކައިގެން 15 ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމިވެއްޖެ އެވެ.

މިކަން އާންމުންގެ ސަމާލު ކަމަށް ގެނައީ ސޯޝަލް މީޑިއާގައި ބަޔަކު ކުރި ޕޯސްޓުތަކެއްގައި އެވެ. މި މައްސަލައިގަ ރޭޕްގެ ތުހުމަތު ކުރަނީ ސީއެޗްއެސްސީގެ އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުދިންތަކެއް ބްލެެކްމެއިލް ކޮށްގެން ރޭޕްކުރި ކަމުގެ ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންތައް ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓްތަކެއްގައި ބުނެފައިވާ ގޮތުން އަންހެން ކުދިންނަށް އޭނާ ބިރުދައްކަމުން ދަނީ އެކުދިންގެ ބަރަހަނާ ފޮޓޯތައް ހޯދައި ލީކްކޮށްލާނެ ކަމަށް ބުނެ އެވެ. އޭނާ ރޭޕް ކުރި 15 ކުދިންގެ ތެރޭގައި އޭނާގެ އާއިލާގެ ކުދިން ވެސް ހިމެނޭ ކަމަށް އެ ޕޯސްޓްތަކުގައި ބުންޏެވެ.

އެކަމާ ގުޅިގެން ސީއެޗްއެޗްސީއަށް ޓެގްކޮށް، ޓްވިޓާގައި މީހަކު ލިއުނު ލިއުމަކަށް އެ ސްކޫލުން މިއަދު ބުނީ ދަރިވަރުންގެ ރައްކާތެރިކަމަށް އުނިކަމެއް އަންނަ ފަދަ ކަމެއް ހިނގައިގެން ރިޕޯޓްކޮށްފި ނަމަ، ނުވަތަ އެފަދަ ކަމެއް ސަމާލުކަމަށް އަތުވެއްޖެ ނަމަ ވާނީ ފިޔަވަޅު އަޅާ ކަމަށެވެ. އެފަދަ ކަމެއް ސްކޫލުން ބޭރުގައި ވެސް ހިނގާ ނަމަ ލަސްނުކޮށް ސްކޫލްގެ މެނޭޖްމަންޓަށް އެ މައުލޫމާތު ދޭން ބާރުއަޅާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް