މ. މުލީގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ ގެއަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.
މި ހާދިސާ ހިނގީ ރޭ 7:00 ހާއިރު އެވެ. ފުރަތަަމަ އަލިފާން ރޯވެފައިވަނީ އެ ރަށު މާފަހި ގޭގައި، މަސްކައްކަން، ބޭނުންކުރާ ތަނެއްގަ އެވެ.
މުލީ ކައުންސިލުން މީޑިއާގައި ބުނީ އެ ހާދިސާގައި އެ ގެއާއި ޖެހިގެން ހުރިގެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
މި ހާދިސާ ހިނގީ މަސް ކައްކަން އުދުމަށް ފަހު މަސައްކަތް ކުރަން އުޅުނު މީހުން ނަމާދަށް ދިޔަ ވަގުތު އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް