ކުރިއަށް އޮތް ހަފްތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް މިހާރު ވެސް ވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓުވެސް ނެރެފައެވެ.
ރާއްޖެ ބޮޑު ބަޔަކަށް މިހާރު ކުރަމުން މި ދަނީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން، (ދެ މޫސުން ބެދޭ) ވިއްސާރަ ކަމަށްވެސް މެޓުން ބުންޏެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރާ އިރު މިހާރުވެސް ގިނަ ރަށްތަކަށް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް