ބަތޮލާ އިޝީތާ ފިރިމީހާއާއެކު ރާއްޖޭގައި

ބޮލީވުޑް ބަތޮލާ އިޝީތާ ދައްތާ އަދި އޭނާގެ ފިރިމީހާ ވަޓްސަލް ސޭތާއާ ރާއްޖެ އަތުވެއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ދެތަރިން ރާއްޖެ އައިސްފައިވަނީ ކައިވެންޏަށް ދެ އަހަރު ފުރުން ފާހަގަކުރުމަށެ...

29 Nov 2019 | 11:12

ބޮލީވުޑް ބަތޮލާ އިޝީތާ ދައްތާ އަދި އޭނާގެ ފިރިމީހާ ވަޓްސަލް ސޭތާއާ ރާއްޖެ އަތުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ދެތަރިން ރާއްޖެ އައިސްފައިވަނީ ކައިވެންޏަށް ދެ އަހަރު ފުރުން ފާހަގަކުރުމަށެވެ. އިޝީތާގެ ފިރިމީހާ ވަޓްސަލް އަކީ ހިންދީ ސީރީޒްތަކުގެ އެކްޓަރެކެވެ.

މި ދެ ތަރިންގެ އިންސްޓަގްރާމުން އެނގޭގޮތުގައި މި ދެތަރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ގއ އަތޮގައި އޮންނަ ރެފަލްސް މޯލްޑިވްސް މެރަދޫ ރިސޯޓްގައެވެ.

މި ދެ ތަރިން ކައިވެނިކޮށްފައިވަނީ 28 ނޮވެމްބަރު 2017ގައެވެ.

އިޝީތާގެ ފިލްމޯގްރަފީއަށް ބަލާލާއިރު އޭނާ ފިލްމީ ދާއިރާއަށް ނިކުތީ ތެލުގޫ ފިލްމަކުންނެވެ. އެއަށްފަހު ހިންދީ ފަސް ފިލްމު މިހާތަނަށް ކުޅެފައިވެއެވެ. އެ ފިލްމުތަކުގެ ތެރޭގައި ފިރަންގީ، ސެޓަރސް އަދި ބްލޭންކް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް