ޙައްޖަށް މީހުން ގެންދިޔުމަށް ބޭނުންވާ ކުންފުނިތަކައް ފުރުސަތު ހުޅުވާލަނީ

ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ކުންފުނިތައް ހޯދުމަށް އަންނަ ހަފްތާތެރޭ ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކ...

29 Nov 2019 | 11:07

ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ކުންފުނިތައް ހޯދުމަށް އަންނަ ހަފްތާތެރޭ ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު  ވިދާޅުވީ، އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާތެރޭ ކުންފުނިތައް ހޯދުމަށް އިޢުލާން ކުރާނެކަމަށެވެ.

ޙައްޖުގެ ކަންކަން ވީހާވެސް ލުއިފަސޭހަ ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީންވަނީ ޙައްޖު ޕޯޓަލް އެއް ޤާއިމްކުރުމަށް ނިންމާފައެވެ.

ޕޯޓަލްގެ ޒަރިއްޔާއިން ޙައްޖަށް ގެންދާ ޖަމާއަތްތަކުންދޭ ޚިދުމަތްތައް ފެންނަން ހުންނާނެކަމަށާ ޙައްޖުވެރިޔާ ބޭނުންވާ ޖަމާޢަތެއް އިޚްތިޔާރުކުރުމުގެ އިތުރުން ފައިސާވެސް ދެއްކުމަށް ހަމަޖެހިފައިވަނީ އެ ޕޯޓަލަށްކަން އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރު ރާޢްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ހައްޖުކޯޕަރެޝަނާއެކު 6 ކުންފުންޏަކަށް ވަނީ ހުއްދަދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް