ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާާޓު ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ އައްޑޫ ސިޓީއިން ފެށިގެން ތ. އަ...

29 Nov 2019 | 10:53

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ އައްޑޫ ސިޓީއިން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ.

އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު 15:00 އިން ފެށިގެން 17:30 އާއި ހަމައަށެވެ.

މީގެ އިތުރުން ޅ. އިން ފެށިގެން ހއ. އާ ހަމައަށް މިހާރު އޮތީ ވައިޓް އެލާޓް ނެރެފައެވެ. އެ އެލާޓު ނެރުނީ މިއަދު 14:30 އިން 18:30 އަށެވެ.

ރާއްޖެ ބޮޑު ބަޔަކަށް މިހާރު ވިއްސާރަކުރަމުންދާއިރު ފުވައްމުލައް ސިޓީގައި ފެންބޮޑުވެ ބައެއް ގެތަކަށް ވަނީ ފެންވަދެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް