ސުލްތާން ހަސަން ނޫރައްދީންގެ ދަރިކަނބަލުން އަނީސާ އަވަހާރަވެއްޖެ

ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާން ހަސަން ނޫރައްދީން (ދެވަނަ)ގެ ދަރިކަނބަލުން އަލްއަމީރާ އަނީސާ ނޫރައްދީން އަވަހާރަވެއްޖެ އެވެ. އަލްއަމީރާ އަނީސާ ނޫރައްދީނަކީ ރާއްޖޭގައި އުފެދުނު ކުޅިވަރުގެ އެން...

29 Nov 2019 | 10:40

ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާން ހަސަން ނޫރައްދީން (ދެވަނަ)ގެ ދަރިކަނބަލުން އަލްއަމީރާ އަނީސާ ނޫރައްދީން އަވަހާރަވެއްޖެ އެވެ.

އަލްއަމީރާ އަނީސާ ނޫރައްދީނަކީ ރާއްޖޭގައި އުފެދުނު ކުޅިވަރުގެ އެންމެ ވަރުގަދަ ދެ ޝަޚުސިއްޔަތު ކަމުގައިވާ ސައްޔިދު އަލީ އަދި އަލްމަރުހޫމް ސައްޔިދު ހަސަންގެ މަންމާފުޅެވެ.

ނަވާރަސަތޭކަ ތިރީސް ހަތަރު ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަނީސާ ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، މިއަދުގެ ވަގުތެއްގައި ސްރީލަންކާގަ އެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 85 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް