އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ކަލަރ ރަންގެ ފޯރިގަދަކަން އިތުރުކޮށް، މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ. އެގޮތުން ކަލަރ ރަން ވީކެންޑްގެ ފުރަތަމަ ހަރަކާތް ކަމުގައިވާ އުރީދޫ މޫދު އުފާ މިއަދު ހެނދުނު 08:00 އިން ހެނދުނު 10:00 އަށް ހުޅުމާލޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އުރީދޫ ކަލަރ ރަން ވީކެންޑަށް ހާއްސަކޮށްގެން ތައާރަފްކުރި މޫދު އުފާ އަކީ، އާއިލާ އާއި ރައްޓެހިންނާއި އެކު މޫދަށްގޮސް، ވަރަށް ތަފާތު ކުޅިވަރުތަކާއި މުބާރާތްތައް ހިމެނޭގޮތަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އުރީދޫގެ ކެފޭ ޕާޓްނަރުންގެ ސްޓޯލްތަކުގައި ތަފާތު ބުއިންތަކުގެ އިތުރުން ދިވެހިންގެ މެދުގައި މަގުބޫލު ކެއުންތައްވެސް މި ހަރަކާތް ކުރިއަށްދިޔަ އިރު ލިބެން ހުއްޓެވެ.
މިގޮތުން، މޫދު އުފާގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނުނީ.
- ވާދެމުން
- ވެލި ހުނަރު ނުވަތަ ސޭންޑް އާޓް މުބާރާތް
- ބަކެޓް ރިލޭ
- މާބަލް ހަންޓް
މިއަދު ހަވީރު އޮތީ އުރީދޫ ކައިޓް ފެސްޓިވަލް، ހަވީރު 4.00 - 6.00 އަށް،
އުރީދޫ ގުޑި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތައް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް އަދި ޕާޓްނަރުންގެ ޚާއްސަ ސްޓޯލެއް ހިމެނޭނެއެވެ. ކައިޓް ފެސްޓިވަލްގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ:
- ގުޑި އެރުވުން
- ތަފާތު ގުޑިތައް ދައްކާލުން
- ގުޑި ހެދުމުގެ ވަރކްޝޮޕްތައް
- ބޮލްސް ރޭސް
- ފޭސް ޕެއިންޓިންގް، ކަލަރިންގް ސްޓޭޝަން، ހޫލާ އެއްލާ، ޕިން ދަ މޫލީ ފަދަ ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް
- ކުޑަކުދިންގެ ޕްލޭ އޭރިއާ
މި މުބާރާތްތަކުގައި އަދި ވަރކްޝޮޕްތަކުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓަރ ކުރާކަށް ނުޖެހޭނެއެވެ.
އުރީދޫ ކަލަރ ރަން، މާދަމާ ހަވީރު 3.30 - 6.00 އަށް،
ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
އުރީދޫ ކަލަރ ރަންގައި ބައިވެރިވެ، މެޑަލް ލިބިގެންދާނީ ރަޖިސްޓަރ ކުރައްވާފައިވާ ދުވުންތެރިންނަށެވެ. އެހެންނަމަވެސް، މި ދުވުމުގެ ފޯރީގައި ބައިވެރިވުމަށް ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށްވެސް، ހުދު ޓީޝާޓެއް ތުރުކުރައްވައިގެން، އުރީދޫ ކަލަރ ރަން ތަޖުރިބާކޮށްލެވޭނެއެވެ.
ކަލަރ ރަން މިއުޒިކް ފެސްޓިވަލް، މާދަމާ ރޭ 8.30 އިން ފެށިގެން،
ކަލަރ ރަން ނިމުމަށްފަހު، ހޮނިހިރު ދުވަހުގެ ރޭގަނޑު ހާއްސަކުރެވިފައިވަނީ ރާއްޖޭގެ ކުޅަދާނަ މިއުޒިކީ ތަރިންނާއި އެކު ބާއްވާ މިއުޒިކް ޝޯއަކަށެވެ. މިފަހަރުގެ މިއުޒިކް ޝޯގައި ސްކައި ރޮކް، ގްރެވިޓީ، 2 ސެންސް، އީކުއޭޓިކް ވައިބް، ސިމްބޮލިކް ރިކޯޑްސް، ޒަކިއްޓެ ލައިވް، ލެވިޓޭޝަން ބައި ހަބޭސް އަދި ހަބޭސް ބޮޑުބެރު ފަދަ މަގްބޫލު އާޓިސްޓުން ފެންނާނެއެވެ.
އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ މޫދު މަޖާ، ގުޑި މަހާސަމާ، ކަލަރ ރަން އަދި މިއުޒިކް ފެސްޓިވަލް އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތައް ނުވަތަ ވެބްސައިޓަށް ޒިޔާރަތް ކުރަށްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް