ވައިގެ ދަތުރުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ފިންލޭންޑުން ސޮއިކޮށްފި

ރާއްޖެ އާއި ފިންލޭންޑާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން އިއްޔެ ސޮއިކޮށްފިއެވެ. ފޮރިން މިނިސްޓްރީން ބުނީ ރާއްްޖެއާ ފިންލޭންޑާ ދެމެދު ގާއިމްކުރި ވައިގެ ދަތުރު ކުރުމުގެ ...

29 Nov 2019 | 09:57

ރާއްޖެ އާއި ފިންލޭންޑާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން އިއްޔެ ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްްޖެއާ ފިންލޭންޑާ ދެމެދު ގާއިމްކުރި ވައިގެ ދަތުރު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްްވީ މިހާރު އެ ގައުމަށް ވަޑައިގެން ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިންލޭންޑްގެ ފޮރިން ޕެކާ ހާވިސްޓް ކަމަށެވެ.

ޝާހިދާއި ހާވިސްޓޯ އިއްޔެ ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ދެ ގައުމުގެ ދެމެދުގައި މިހާރުވެސް އޮތް ގުޅުން އިތުރަށް އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނެެވެ.

އެގޮތުން އިގުތިސާދީ ދާއިރާ އާއި ތައުލީމާއި ދެމެހެއްޓެނިވި ތަަރައްގީ އަދި ޓެރަރިޒަމާ ދެކޮޅަށް މަަސައްކަތް ކުރުމުގައި ދެ ގައުމުން އެއްބާރުލުމަށް ޝާހިދައި ހާވިސްޓޯ މަޝްވަރާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް