ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހުތުރުބަސް ބޭނުންކުރައްވައި ފަނޑީޔާރުންނަށް އިންޒާރުދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ފުލުހަށް ހުށަހެޅީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ފަރާތުންނެވެ.
މައްސަލާގައި ޑިޖޭއޭއިން ބުނީ، އަބްދުއްރަހީމްގެ އެ އަމަލަކީ ފަނޑިޔާރުންގެ ހުރުމަތް ކަނޑާލުމުގެ އަމަލެއް ކަމަށެވެ. އެހެންވީމާ އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީލޯންޑަރިންގެ މައްސަލާގައި 5 އަހަރަށް ޖަލަށް ލައި 5 މިލިއަން ޑޮލަރަށް ޖޫރިމަނާކުރުމަށް ހުކުމް ކުރުމާއި ގުޅިގެން ނުރުހުން ފާޅުކޮށް އަބްދުލް ރަހީމް ވަނީ އެ ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމުގެ އިންޒާރު ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް