ރާއްޖެއިން ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި އަދަދު 357،000 އަށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާޞު ދައްކާގޮތުން އިއްޔެ ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހީ 663 މީހުންނެވެ. އޭގެ ތެރެއިން 365 މީހުން މާލެއިން ވެކްސިން ޖަހާފައިވާއިރު އަތޮޅުތެރެއިން 298 މީހުން ވެކްސިންގެ ދެ ވަނަ ޑީޒު ޖަހާފައިވެ އެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒު އިއްޔެ ޖެހީ 121 މީހުންނެވެ. އޭގެ ތެރެއިން 65 މީހުން މާލެއިން ވެކްސިން ޖެހި އިރު އަތޮޅު ތެރެއިން ވެކްސިން ޖެހީ 56 މީހުންނެވެ.
އިއްޔެ ވެކްސިން ޖެހި މީހުންގެ އަދަދާއި އެކު ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 394،463 އަށް އަރާފަ އެވެ. އަދި ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 357،088 އަށް އަރާފަ އެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ ހަފްތާގެ ނިޔަލަށް 1،500އަށްވުރެ ގިނަ މީހުން ކޯވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ނުވަތަ ތިން ވަނަ ޑޯޒު ޖަހާފައިވެ އެވެ.
ރާއްޖޭގައި މިހާރު ކޯވިޑާއި ދެކޮޅަށް ބޭނުންކުރާ ވެކްސިން ތަކަކީ އެސްޓްރާޒެނިކާ، ސިނޯފާމް އަދި ފައިޒާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް