ޒެނީޝާއާ ޒާތީ ކަމެއް ނުގެން ގުޅޭ ކަމަށް އެޗްއާރްސީއެމް އިން ބުނެފި

ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އަށް ދައުވާ ކުރަން ފޮނުވީ ޒާތީ ވެގެން ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ. މީގެ ހަތަރު އަހަރު ކުރިން 201...

29 Oct 2021 | 17:57

ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އަށް ދައުވާ ކުރަން ފޮނުވީ ޒާތީ ވެގެން ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

މީގެ ހަތަރު އަހަރު ކުރިން 2017 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރި ކަމުގައި ޒެނީޝާ ޖެންޑާ މިނިސްޓަރަކަށް ހުންނަަވަނިކޮށް ކުޑަ ކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން އެ ހަމަނުޖެހުމުގައި ޝާމިލްވި ކުދިން ހިޔާއިން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވާތީވެ އެޗްއާރްސީއެމް އިން ވަނީ ޒެނީޝާގެ މައްޗައް ދައުވާ ކުރަން ފޮނުވާފައެވެ.

އެޗްއާރްސީއެމް އިން ބުނެފައިވަނީ ފުލުހުުންނާއި ސިފައިން ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރގެ ފަރާތުން ހިންގި ހަރަކާތްތަކެއްގައި، އެ މުއައްސަސާތަކުގެ ބައެއް މުވައްޒަފުން އެކުދިންނާ ހަޑި ހުތުރު ބަހުން މުޢާމަލާތްކޮށް، ބައެއް ކުޑަކުދިން ބިޑި އަޅުވައި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާ ކަމަށެވެ.

ޒެނީޝާ ވިދާޅުވެފައިވާ ގޮތުން އެޗްއާރްސީއެމްގެ މުޅި މައްސަލަ ބިނާ ވެފައިވަނީ ޒާތީ ކަމެއްގެ މައްޗަށެވެ. އަދި މިއީ ހަގީގަތާއި ހިލާފް ތުހުމަތު ތަކެއް ކަމަށެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރެފައި ބަޔާނުގައި ބުނެފައިވާ ގޮތުން މި މައްސަަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ އެންޓި ޓޯޗާ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުންނެވެ.

އަދި މައްސަލަ ތަހްގީގު ކުރާނީ ހެކީގެ މައްޗައް ރިއާޔަތް ކޮށް އިންސާފުވެރިކަމާއި އަދުލުވެރިކަމާއި ނަޒާހަތްތެރި ކަމާއެކުގައެވެ. އަދި އެޗްއާރްސީއެމް އަށް ހުށަހެޅޭ މައްސަލަތަކުގައި އެއްވެސް ޒާތީ ކަމެއް ނޯންނާނެ ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް