ތިލަމާލެ ބްރިޖުގެ ސާވޭގެ މަސައްކަތް ފަށައިފި

މާލެ އާއި ވިލިމާލެ އަދި ތިލަފުށްޓާއި ގުޅީފަޅު ގުޅާލާ ބްރިޖް ޤާއިމު ކުރުމަށްޓަކައި ސާވޭގެ މަސައްކަތް އިއްޔެ ފަށައިފިއެވެ. މި ސާވޭގެ މަސައްކަތް ކުރިއަަށް ގެންދަން ނިންމާފައިވަނީ މާލޭގެ ހުޅަނގު ދެކުނު ފަ...

29 Oct 2021 | 17:43

މާލެ އާއި ވިލިމާލެ އަދި ތިލަފުށްޓާއި ގުޅީފަޅު ގުޅާލާ ބްރިޖް ޤާއިމު ކުރުމަށްޓަކައި ސާވޭގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

މި ސާވޭގެ މަސައްކަތް ކުރިއަަށް ގެންދަން ނިންމާފައިވަނީ މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން، ވިލިމާލެ އާއި ގުޅީފަޅުގެ ދެކުނު ފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރު ދެކުނު ކޮޅާއި ދެމެދު އެއް ކިލޯ މީޓަރުގެ ފުޅާ މިނުގެ ސަރަހައްދެެއްގައެވެ.

މި މަޝްރޫއުގެ ދަށުން 6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. މީގެ އިތުރުން ފުން ފަޅު ތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

މި މަޝްރޫޢު ނިމޭއިރު މާލެއާއި ވިލިމާލެ ބްރިޖު ފެށޭ ހިސާބުގައި ޓްރެފިކް ލައިޓް ހަރުކުރެވިފައި ހުންނާނެއެވެ. ގުޅުވާލެވޭ ރަށްތަކުގައި ބަސް ސްޓޭޝަންތައް ހުންނާނެއެވެ. ސޯލަރ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލަރ އެނާޖީއިން ދިއްލޭ ގޮތަށް މަސައްކަތް ބައްޓަން ކުރެވިގެން ދާނެއެވެ. އަދިި ގުޅީފަޅާއި ތިލަފުށި ބްރިޖުގައި ވަށްބުރު ޖަންކްޝަނެއް ހިމެނޭނެއެވެ.

މި މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ގްރާންޓް އަދި 400 މިލިއަން އޮފް ކްރެޑިޓް ތެރެ އިންނެވެ. މިއީ ދިވެހި ސަރުކާރުން އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ އާއި ހަވާލު ކޮށްގެން ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ކޮށްފައިވާ މަޝްރޫޢުއެކެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ މި ސާވޭ ކުރިއަށް ދާނީ މި މަހުގެ 28 އިން  މި ފެށޭ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހާއި ހަަމައަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކުރެއްވި އިއުލާނުގައި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސާވޭ ބޯޓަށާއި ޑައިވަރުންނަށް އުނދަގޫ ނުވާނެ ގޮތަކަށް ދަތުރު ކުރުމަށް އެދި ލައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް