މިއަހަރުގެ އެއްމިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

މިއަހަރުގެ އެއްމިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ އެވެ. މިއަހަރުގެ އެއްމިލިއަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ އައިސްފައިވަނީ ފްރާންސްގެ ވިންސެންޓް ވިކްޓޮ ކޮރަންޓިން ޕިޓައު އެވެ. މިއީ އ...

29 Oct 2021 | 14:55

މިއަހަރުގެ އެއްމިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ އެވެ.

މިއަހަރުގެ އެއްމިލިއަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ އައިސްފައިވަނީ ފްރާންސްގެ ވިންސެންޓް ވިކްޓޮ ކޮރަންޓިން ޕިޓައު އެވެ. މިއީ އޭނާ ރާއްޖެއަށް ޒިޔާރަތްކުރި 20 ވަނަ ފަހަރެވެ.

އޭނާ މިއަދު ރާއްޖެ އައީ އޭނާގެ އަންހެނުންނާއެކު އެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޭނާއަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ސަގާފީ ނެށުންތަކެއް ވެސް ބާއްވާފަ އެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އާއި މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ވަނީ ބައިވެރިވެފަ އެވެ. އަދި އެ އިދާރާތަކުން ވަނީ ވިންސެންޓްގެ ދެމަފިރިންނަށް ޚާއްސަ ހަދިޔާތަކެއް ދީފަ އެވެ.

https://twitter.com/MoTmv/status/1454069735809712129?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1454069735809712129%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fmbsnews.mv%2F9045

މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިއިރު، ކޮވިޑާ ގުޅިގެން ރާއްޖޭގެ ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުން މިދިޔަ އަހަރުގެ ނިޔަލަށް އައީ 555,494 ޓޫރިސްޓުން ނެވެ.

މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވާލުމުން ރާއްޖެއަށް މަޑުމަޑުން އަންނަން ފަށައި، އޭގެ ފަހުން ރާއްޖޭގެ ގިނަ ރިސޯޓުތައް ވެސް އަލުން ހުޅުވައި ވަނީ ޚިދުމަތް ދޭން ފަށާފަ އެވެ.

މިއަހަރު ރާއްޖެއަށް މިލިއަނަކަށް ވުރެ ޓޫރިސްޓުން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖުލައި މަހުން ފެށިގެން ކޮންމެ މަހަކު ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް