"މިޝަން ބްލޫ" ގެ ހޯޕް ސްޕޮޓަކަށް ލ. އަތޮޅު ހަމަޖައްސައިފި

މިޝަން ބްލޫގެ ހޯޕް ސްޕޮޓަކަށް ލ. އަތޮޅު ހަމަޖައްސައިފިއެވެ. މިޝަން ބްލޫއިން މި ހަރަކާތްތައް ކުރިއަށް ގެންދަނީ ސިކްސް ސެންސަސް ލާމު ރިސޯޓުގެ އިސްނެގުމާއެކު  އެ ރިސޯޓާއި ގުޅިގެންނެވެ. މިޝަން ބްލޫ އަކީ ކ...

29 Oct 2021 | 13:41

މިޝަން ބްލޫގެ ހޯޕް ސްޕޮޓަކަށް ލ. އަތޮޅު ހަމަޖައްސައިފިއެވެ.

މިޝަން ބްލޫއިން މި ހަރަކާތްތައް ކުރިއަށް ގެންދަނީ ސިކްސް ސެންސަސް ލާމު ރިސޯޓުގެ އިސްނެގުމާއެކު  އެ ރިސޯޓާއި ގުޅިގެންނެވެ.

މިޝަން ބްލޫ އަކީ ކަނޑުގެ ދިރުންތައް ހިމާޔަތް ކޮށް ޕްރޮމޯޓް ކުރަމުން އަންނަ އަމިއްލަ ޖަމިއްޔާއެކެވެ. މިޝަން ބްލޫގެ ހޯޕް ސްޕޮޓަކަށް ލ. އަތޮޅު ހަމަޖެއްސުމުން ލާމު އަތޮޅުގެ ކަނޑުގެ ދިރުންތައް ހިމާޔަތް ކޮށް އަތޮޅުގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާނެއެވެ. އަދި ކަނޑުގެ ދިރުންތައް ދިރާސާ ކުރުމުގައި ބޭނުންވާނެ ރިސޯސަސް މިޝަން ބްލޫ އިން ފޯރުކޮށް ދޭނެއެވެ.

މީގެ އިތުރުން މުޅި ދުނިޔެއަށް ލާމު އަތޮޅު ޕްރޮމޯޓު ވެގެން ދާނެއެވެ.

މިޝަން ބްލޫގެ ހޯޕް ސްޕޮޓެއްގެ ގޮތުގައި ސަރަހައްދެއް ހަމަޖައްސަނީ އެ އެންޖީއޯގެ ސައިންޓިފިކް ކައުންސިލުން ވަކި މިންގަނޑުތަކެއް ކަނޑައަޅާފައި ޝަރުތު ހަމަވާ ފަދަ ކަނޑުގެ ދިރުންތައް ހުންނަ ސަރަހައްދުތަކެވެ.

ލާމު އަތޮޅަކީ ކަނޑުފަޅުގެ ދިރުންތައް މުއްސަނދި އަތޮޅެކެވެ. ފަޅުގެ ދިރުންތަކުގެ ތެރޭގައި މަންޓާ ރޭ އާއި ވެލާ ހިމެނެއެވެ.  މީގެ އިތުރުން އަތޮޅުގެ ރަށް ރަށުގައި ހުރި ކުޅި ތަކަކީ ވެސް ލާމު އަތޮޅު ހޯޕް ސްޕޮޓެއްގެ ގޮތުގައި ހަމަޖެހިގެން ދިޔަ މައިގަނޑު ސަބަބެކެވެ. ކުޅި ތަކުގައިވެސް އެތައް ސަތޭކަ ވައްތަރެއްގެ މަސްމަހާއި މެހި ދިރިއުޅެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް