ރޮނާލްޑޯއަށް އަނެއްކާވެސް އެއްމާބަނޑު ދެކުދިން ލިބެނީ

މަޝްހޫރު ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެއް މާބަނޑު ދެކުދިން ލިބެން އުޅޭކަން އިއުލާނުކޮށްފި އެވެ. ރޮނާލްޑޯގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ބުނެފައިވަނީ އޭނާ އާއި ލޯބިވެރިޔާ ޖޯޖީނާ ގިއޯއަށް ...

29 Oct 2021 | 13:26

މަޝްހޫރު ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެއް މާބަނޑު ދެކުދިން ލިބެން އުޅޭކަން އިއުލާނުކޮށްފި އެވެ.

ރޮނާލްޑޯގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ބުނެފައިވަނީ އޭނާ އާއި ލޯބިވެރިޔާ ޖޯޖީނާ ގިއޯއަށް އެއްމާބަނޑު ދެކުދިން ލިބެން އުޅޭ ކަމަށެވެ. ރޮނާލްޑޯ ބުނެފައިވަނީ އެ ދެމީހުން ތިބީ ދެ ކުދިންނާއި ބައްދަލު ކުރަން ކެތްމަދުވެފައި ކަމަށާއި ދެމީހުންގެ ހިތް ލޯބިން ފުރިފައިވާ ކަމަށެވެ.

އެ ޕޯސްޓާއި އެކު ދެމީހުންނާއި އެއްމާބަނޑު ދެކުދިންގެ ސްކޭން ފޮޓޯއެއް ހިއްސާކޮށްފައިވެ އެވެ.

ލިބެން އުޅެނީ އެ ދެމީހުންނަށް ލިބޭ ފުރަތަމަ އެއްމާބަނޑު ދެކުދިންނެވެ. ރޮނާލްޑޯ ވަނީ 2017 ވަނަ އަހަރު ސަރޮގޭޓްކޮށްގެން އެއްމާބަނޑު ދެކުދިން ހޯދާފަ އެވެ.

ރޮނާލްޑޯ އާއި ޖޯޖީނާއަށް ފުރަތަމަ ދަރިފުޅު ލިބުނީވެސް އެ އަހަރު އެވެ.

ރޮނާލްޑޯ އާއި ޖޯޖީނާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ރޮނާލްޑޯއަށް 2010 ވަނަ އަހަރު ފުރަތަމަ ދަރިފުޅު ވަނީ ލިބިފަ އެވެ. އެ ދަރިފުޅުގެ މަންމަ އަކީ ކާކުކަން ހާމަ ނުކުރާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެ އެވެ.

https://www.instagram.com/p/CVk29cSI-2E/

ދެމީހުންގެ އިންސްޓަގްރާމް ޕޭޖުން އެނގޭގޮތުގައި ހަތަރު ކުދިންނާއި އެކު ދެމީހުން އުޅެނީ ކައިވެނި ނުކޮށް ވަރަށް އުފަލުގައި އެވެ.

އާއިލާއަށް އިތުރު ދެ މެމްބަރުން އިތުރުވާ ހަބަރު ރޮނާލްޑޯ އިއުލާނު ކުރުމުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް