ޕީއެސްޖީއަށް ކޯޗުކޮށްދޭން ޒިދާން ޝައުގުވެރިވޭ!

ފްރާންސްގެ ކޯޗުކަމުގެ މަގާމަށް ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ޝައުގުވެރިވާކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ. ޕީއެސްޖީގެ ކޯޗުކަމަށް ޒިދާން ޝައުގުވެރިވާކަމަށް ރިޕޯޓުތަކުން ބުނެފައ...

29 Oct 2021 | 12:51

ފްރާންސްގެ ކޯޗުކަމުގެ މަގާމަށް ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ޝައުގުވެރިވާކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

ޕީއެސްޖީގެ ކޯޗުކަމަށް ޒިދާން ޝައުގުވެރިވާކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު، މައުރީސިއޯ ޕޮޗެޓީނޯ މިހާރުވެސް ދަނީ ކޯޗެއްގެ ގޮތުގައި ޕީއެސްޖީއަށް އިރުޝާދު ދެމުންނެވެ.

ކުރިން ޕީއެސްޖީގެ ކޯޗުކަމުގައި ހުރި ޓުޗޭލް މަގާމުން ވަކިކޮށް އެމަގާމާއި ޒިދާން ހަވާލުވާން އުޅޭކަމުގެ އަޑުތައް މީޑިއާގައި ގަދަ ވި ނަމަވެސް އޭރު ޒިދާން ވަނީ ޕީއެސްޖީގެ ކޯޗުކަމުގެ މަގާމަށް ޝައުގުވެރި ނުވާކަމަށް ބުނެފައެވެ. ނަމަވެސް މިހާރު ޒިދާންގެ ވިސްނުން ބަދަލުކޮށް އޭނާ ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީން އަދިވެސް ޒިދާންއަށް ވޭނުންވެއެވެ. އެހެން ކަމުން އަދިވެސް ޒިދާންއަށް އެ މަގާމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށާއި އެގޮތުން މިހާރު ޕީއެސްޖީގެ ކޯޗުކަމުގައި ހުރި ޕޮޗެޓީނޯ މަގާމުން ވަކިކޮށް ޒިދާން އެ މަގާމަށް ގެނައުމަކީ ޕީއެސްޖީގެ ވިސްނުމެއް ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

ޕީއެސްޖީގެ ކޯޗުގެ މަގާމުގެ ހުށައެޅުމެއް ލިބިއްޖެ ނަމަ އެމަގާމާއި ހަވާލުވުމަށް ޒިދާން ހުރީ ތައްޔާރަށް ކަމަށާއި ނަމަވެސް ޔުނައިޓެޑްގެ ކޯޗުކަމުގެ މާގާމަށް ޒިދާން ހަވާލުވާން ބޭނުން ނުވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޒިދާން އަކީ މީގެ ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ. އެގޮތުން ޗެމްޕިއަންސް ލީގު ތިން ފަހަރު، ސްޕެނިޝް ލީގު ދެ ފަހަރު، ކުލަބް ވޯލްޑް ކަޕް ދެފަހަރު ހޯދުމުގެ އިތުރުން ޔޫއެފާ ސުޕަ ކަޕް ވެސް ދެފަހަރު ރެއާލްއާއި އެކު ޒިދާން ވަނީ ހޯދާފައެވެ.

ޒިދާން މިވަގުތު ހުރީ އެއްވެސް ޓީމެއްގެ ކޯޗުކަމާއި ހަވާލުނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް