ސަތޭކަ މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި

ފިރިހެނުންގެ ޝޯރޓް ކޯސް 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް ޢަލީ އިމްޢާން އައުކޮށްފި އެވެ. އޭނާ މި ރެކޯޑު އައުކޮށްފައިވަނީ ރަޝިޔާގެ ކަޒާންގައި މިމަހު 28 ން 30 އަށް ކުރިއަށްދާ ފީނ...

29 Oct 2021 | 11:31

ފިރިހެނުންގެ ޝޯރޓް ކޯސް 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް ޢަލީ އިމްޢާން އައުކޮށްފި އެވެ.

އޭނާ މި ރެކޯޑު އައުކޮށްފައިވަނީ ރަޝިޔާގެ ކަޒާންގައި މިމަހު 28 ން 30 އަށް ކުރިއަށްދާ ފީނާ ސްވިމިންގ ވަރލްޑް ކަޕް 2021 (ލެގް 4) ގަ އެވެ. އިމްޢާން މި ރެކޯރޑް އައުކޮށްފައިވަނީ 01.04.93 އިން އިވެންޓް ފުރިހަމަކޮށްގެން ނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީ މުބާލް އައްޒާމް އިބްރާޙީމެވެ. މުބާލް މިރެކޯރޑް އައުކޮށްފައިވަނީ 2017 ވަނަ އަހަރު ބޭއްވި 5 ވަނަ އޭޝިއަން އިންޑޯރ އެންޑް މާޝަލް އާރޓްސް ގޭމްސްގަ އެވެ.

އައްޒާމް ރޭސް ފުރިހަމަކޮށްފައިވަނީ 01.10.13 އިން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް